ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އަސްނާ އަށް ކޮމިޓީން ރުހުންދީފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢާއިޝަތު އަސްނާ ހަމްދީ އައްޔަންކުރުމަށް ރުހުން ދީފިއެވެ.

މި މަޤާމަށް ޢާއިޝަތު އަސްނާ ހަމްދީގެ ނަން ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މިއީ ކުރީގެ ޑެޕިއުޓީ ގަވަރުނަރު އަޙްމަދު އިމާދު، ފާއިތުވި މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި މަޤާމަށެވެ. މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ޢާއިޝަތު އަސްނާ ހަމްދީއާ އިންޓަވިއުކުރުމަށްފަހު، އޭނާގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ރިޢާޔަތްކޮށް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް އެކަށީގެންވާ ބޭފުޅެއްކަމަށް ނިންމައި، އެ މަޤާމަށް އޭނާ އައްޔަންކުރުމަށް ރުހުން ދިނުމަށް ފާސްކޮށްފައިވެއެވެ.

ޢާއިޝަތު އަސްނާ ހަމްދީއަކީ މާލީ ދާއިރާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރެކެވެ. އޭނާ އެމްއެމްއޭގެ ޚިދުމަތާ ގުޅިވަޑައިގަތީ 2008 ވަނަ އަހަރުއެވެ. އޭގެފަހުން އެމްއެމްއޭގެ އެކި މަޤާމުތަކުގައި މަސައްކަތްކުރައްވާފައިވެއެވެ. އޭނާގެ ތަޢުލީމީ ފެންވަރަށް ބަލާއިރު، މެލޭޝިއާގެ ޔުނިވަރސިޓީ އޮފް އީސްޓްލަންޑަންއިން ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވެއެވެ. އަދި މާސްޓަރސް އިން ބިޒްނަސް ފައިނޭންސް ހާސިލުކުރައްވާފައިވަނީ މެލޭޝިއާގެ ޔުނިވަރސިޓީ އޮފް ނޮޓިންގހަމްއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި