ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖުޑިޝަރީ ކޮމިޓީއަށް ބަދަލުގެނެސްފި

Wep
ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ޑރ.އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ނިންމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވަނިކޮށް އެ ކޮމިޓީއަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެ މައްސަލަ ދިރާސާކުރަން ފޮނުވިފަހުން މިހާތަނަށް ބޭއްވީ ޖުޑިޝަރީ ކޮމިޓީގެ އެންމެ ބައްދަލުވުމެކެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ކޮމިޓީއަށް ގެނައި ބަދަލުތައް ހާމަކުރައްވާފައެވެ.

މިގޮތުން ކޮމިޓީގައި ކުރިން އިންނެވި ފޭދޫ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވަކިކުރައްވާ އޭގެ ބަދަލުގައި ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވަނީ ހަމަ ޖައްސާފައެވެ.

ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ނިންމާފައިވަނީ މައްސަލައިގެ ހުރިހާ ލިޔެކިޔުމެއް ދިރާސާކުރުމަށްފަހު ތުހުމަތުވާ ފަނޑިޔާރުންނާއި ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ މެންބަރުން ހާޒިރުކުރުމާ މެދު ގޮތެއް ނިންމުމަށެވެ.

އަޒްމިރާލްދާ އާއި މަހާޒު ވަނީ މި މައްސަލާގައި މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން ޖުޑިޝަރީ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި