ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެންޔޫއިން ދެ ޔުނިވަރސިޓީއަކާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ތަޢުލީމީ އިތުރު ފުރުސަތުތައް ފަހިކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ބޭރުގެ ދެ ޔުނިވަރސިޓީއަކާ އެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ގައުމީ ޔުނިވަރސިޓީގައި މިއަދު މެންދުރު ފަހު އޮތް ރަސްމިއްޔާތުގައި، އެ ޔުނިވަރސިޓީއާއެކު ފަހުމުނާމާގައި ސޮއިކުރީ ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިއާގެ ސަދަން ކްރޮސް ޔުނިވަރސިޓީ އާއި މެލޭޝިއާގެ ސެލެންގޯ އިސްލާމިކް ޔުނިވަރސިޓީއެވެ.

ފަހުމުނާމާގައި ގައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒެވެ. ރަސްމިއްޔާތުގައި ބޭރުގެ ދެ ޔުނިވަރސިޓީން ވެސް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އޮސްޓްރޭލިއާ އާއި މެލޭޝިއާގެ ޔުނިވަރސިޓީން ޕްރޮގްރާމްތައް ކުރިއަށްގެންދާނީ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމާ ގުޅިގެންނެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ބައިނަލްއަޤްވާމީ ފުރުސަތުތަކާއި ތައުލީމީ ދާއިރާއިން ބޭނުންވާ އެހެނިހެން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތުގެ އިތުރުން ދިރާސާކުރުމުގެ ފުރުސަތުތައް އެ ޔުނިވަރސިޓީތަކުން ފަހިކޮށްދޭނެއެވެ.

ގައުމީ ޔުނިވަރސިޓީން ބުނީ އާ ފުރުސަތުތަކާއެކު އެ ޔުނިވަރސިޓީގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް މަތީ ތަޢުލީމުގެ ޚިދުމަތް ފޯރުކޮށްދެނީ ގައުމީ ޔުނިވަރސިޓީންނެވެ. އެގޮތުން ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމްގެ އިތުރުން އެހެނިހެން ދާއިރާތަކުގެ ފެކަލްޓީތައް ވެސް ގައުމީ ޔުނިވަރސިޓީގައި ހިންގައެވެ. އަދި، ރާއްޖޭން ބޭރުގެ ތަޖުރިބާ ދަތުރުތަކުގައި ވެސް އެ ޔުނިވަރސިޓީގެ ދަރިވަރުން ބައިވެރިވެއެވެ. އެގޮތުން އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގައި ކިޔަވާ ދަރިވަރުން ތަޖުރިބާ ދަތުރެއްގައި މި މަހު ވަނީ އިންޑިއާގެ ކޮޗިން އަށް ފުރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

students

ދެ ދާއިރާއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްއެންޔޫ އާއި އެންއައިސީ އާއި ދެމެދު ދިރާސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމް.އެން.ޔޫއާއި ކަރޓިން ޔުނިވާސިޓީއާ ދެމެދު މަތީތަޢުލީމު ކުރިއަރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގުމަށް އެމް.ޕީ.އެލް އާއި އެމް.އެން.ޔޫއާ ދެމެދު ފަހުމުނާމާއެއް