ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަޒްމިރަލްދާ އާއި މަހާޒް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

azmiralda-mahaz
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު — ފޮޓޯ: މިހާރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ މާދަމާގެ އެޖެންޑާގައި ހިމަނާފައިވަނީ، އަޒްމިރަލްދާ އާއި މަހާޒް ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ތަޅުމުގައި އިއުލާންކުރުމަށްފަހު، އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމެވެ.

އަޒްމިރަލްދާ އާއި މަހާޒް ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ ނިންމައިފައެވެ. ޖޭއެސްސީން ނިންމީ މައްސަލަ ބަލާ ކޮމިޓީން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓް ބަލައިގަނެ، އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅު ފަނޑިޔާރުންގެ މައްޗަށް އެޅުމަށް ނިންމައިފައެވެ. ފިޔަވަޅެއްގެ ގޮތުގައި އެ ރިޕޯޓުގައި އޮތީ ފަނޑިޔާރުކަމުގެ މަގާމުން އެ ދެ ބޭފުޅުން ވަކިކުރުމެވެ.

ޖޭއެސްސީން ބުނެފައިވަނީ، މި ދެ ފަނޑިޔާރުން ވަކިކުރަން ނިންމާފައިވަނީ މިދިޔަ ޑިސެމްބަރު 4 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވާފައިވާކަން ސާބިތުވެފައިވާތީ ކަމަށެވެ.

ޖޭއެސްސީން ބުނެފައިވަނީ މި ދެ ފަނޑިޔާރުންގެ އަމަލަކީ ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ ބައެއް މާއްދާތަކާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

supreme-court

ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ދުސްތޫރީ މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ

Supreme Court

ރެފެރެންޑަމް ވޯޓުގެ ސުވާލު ގާނޫނާ ހިލާފުކަމަށް ހުށަހެޅި މައްސަލަ ބަލައިގެންފި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި