ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

މެލޭޝިއާގެ އައިއައިޔޫއެމްއިން ފުރަތަމަ ފަހަރަށް ދިވެއްސަކަށް އެރުވި އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސް މުޢިއްޒަށް

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) އިން ފުރަތަމަ ފަހަރަށް ދިވެއްސަކަށް އެރުވި އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފިއެވެ.

މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އެރުވުނީ އެމަނިކުފާނު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އައިއައިޔޫއެމްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓް އެރުއްވީ އައިއައިޔޫއެމްގެ ޕަހަންގް ކޮންސްޓިޓިއުޝަނަލް ހެޑް، ޓެންގޫ އެމްޕުއަންއެވެ. ރައީސް ޑރ. މުޢިއްޒަށް މި ޝަރަފު އެރުވުނީ އިސްލާމީ ލީޑަރޝިޕް އަދި މަދަނީ ތަރައްޤީގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޮސޮފީގެ ގޮތުގައެވެ.

ރައީސް ޑރ. މުޢިއްޒަކީ މެލޭޝިޔާގެ އިސްލާމީ ޔުނިވަރސިޓީއަކުން އޮނަރަރީ ޑޮކްޓަރޭޓް އެރުވުނު ފުރަތަމަ ދިވެއްސެވެ. އަދި މިއީ ދިވެހިރާއްޖޭގެ ރައީސަކަށް ޔުނިވަރސިޓީއަކުން އޮނަރަރީ ޑޮކްޓަރޭޓް އެރުވުނު ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، އެމަނިކުފާނަކީ އައިއައިޔޫއެމްގައި ތަޤުރީރު ދެއްވި ފުރަތަމަ ދިވެހި ރައީސެވެ.

އައިއައިޔޫއެމްއިން ފާހަގަކުރެއްވި ގޮތުގައި ރައީސް ޑރ. މުޢިއްޒަކީ ޒަމާނީ އުކުޅުތަކާއި އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކަށައެޅުއްވުމާއި، ޝަހަރީ ރޭވުންތެރިކަމުގެ ދާއިރާއިން ތަފާތު ކުރެއްވޭ ލީޑަރެކެވެ. އަދި އެމަނިކުފާނަކީ ދުރުވިސްނުންތެރި، ކާމިޔާބު އިސްވެރިއެއްކަން އެ ޔުނިވަރސިޓީން ފާހަގަކުރެއްވިއެވެ.

އައިއައިޔޫއެމްއަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް މުހިންމު ހިއްސާއެއް ކޮށްފައިވާ ޔުނިވަރސިޓީއެކެވެ. 1990 ގެ އަހަރުތަކުން ފެށިގެން ގިނަ ދިވެހދިވެހި ދަރިވަރުން އެ ޔުނިވަރސިޓީގައި ކިޔަވަމުން އަންނައިރު، މިހާތަނަށް 380 ދިވެހި ދަރިވަރުން އެ ޔުނިވަރސިޓީން ތަޢުލީމު ޙާސިލުކޮށްފައިވާކަމަށް އައިއައިޔޫއެމްއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފައިނޭންޝަލް އިންކުލޫޝަން ސްޓްރެޖެޓީއާއި، ފައިނޭންސް ރޯޑްމެޕް އިފްތިތާހުކޮށްފި

Tholal

ބައިނަލްއަޤްވާމީ މުބާރާތްތަކަށް ރާއްޖެއަށް ފުރުސަތު ލިބުމަކީ ލިބޭފަހި ފުރުސަތެއް: ޠަލާލު

ރައްޔިތުންނަށް ލުއިތައްދެމުންދަނީ އިގުތިސާދަށް ގެއްލުން ނުވާގޮތަށް ރަނގަޅަށް ބަލައިގެން: ރައީސް

450669 284f1999 a

ވާނުވާ ބަންދުގައި އަހަރު ދުވަސްވީ މައްސަލަތައް މާޗް މަހަށް ނިންމަނީ

TTH_advertisement