ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

އިސްރާއީލުން ހިންގަނީ ފަލަސްތީނު ނަސްލު ދުނިޔެއިން ފޮހެލުމަށް ރާވައިގެން ހިންގާ ޖަރީމާތަކެއް: މެލޭޝިޔާ

ޣައްޒާއާއި ފަލަސްތީނުގެ ރަށްތަކުގައި އިސްތިއުމާރީ އިސްރާއީލުން ހިންގަމުންގެންދާ ޖަރީމާތަކަކީ، ފަލަސްތީނު ނަސްލު ދުނިޔެއިން ފޮހެލުމަށްޓަކައި ރާވައިގެން ހިންގަމުންގެންދާ ޖަރީމާތަކެއް ކަމަށް ބުނެ މެލޭޝިޔާއިން އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.
މެލޭޝިޔާއިން މި ކަން ކުށްވެރި މިކުރީ، އިސްތިއުމާރީ އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުމަށް ހުރަސްއަޅަމުންދާ މައްސަލާގައި އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ހުށަހެޅިފައިވާ މައްސަލައިގެ އަޑުއެހުންތަކުގައި މެލޭޝިޔާގެ ފަރާތުން ބަޔާން އިއްވަމުންނެވެ.

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުމަށް ހުރަސްއަޅަމުންދާ މައްސަލާގައި، ހޭގްގައި ހުންނަ އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި އަޑުއެހުންތައް ފަށާފައިވަނީ އިއްޔެއެވެ.

މި އަޑުއެހުންތަކުގައި މެލޭޝިޔާގެ ފަރާތުން ބަޔާން އިއްވަވަމުން، މެލޭޝިޔާ ސަރުކާރުގެ މިނިސްޓަރ އޮފް ލޯ އެންޑް އިންސްޓިޓިއުޝަނަލް ރިފޯމް، އަޒްލީނާ އުޘްމާން ސައީދު ވަނީ، އިސްރާއީލުން ހިންގަމުންގެންދާ ކަތިލުންތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.
އަދި ވިދާޅުވީ، މި ޖަރީމާތަކަކީ، ސީދާ ފަލަސްތީނު ނަސްލު ދުނިޔެއިން ނެތިކޮށްލުމަށްޓަކައި ރާވައިގެން ހިންގަމުންގެންދާ ޖަރީމާތަކެއް ކަމަށެވެ.

މެލޭޝިޔާގެ މިނިސްޓަރ އޮފް ލޯ އެންޑް އިންސްޓިޓިއުޝަނަލް ރިފޯމް، އަޒްލީނާ އުޘްމާން ސައީދު ވިދާޅުވީ، އިސްރާއީލުން އދގެ އޭޖެންސީތައް، ޚާއްސަކޮށް އަންރުވާއަށް ހުރަސްއަޅައި، އެ އޭޖެންސީތައް ހަނގުރާމައިގެ ހަތިޔާރަކަށް ހަދާފައިވާ ކަމަށެވެ.
މިއީ، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރާއި، ވަޒަނުން ގަދަކަމުން ބޭރުކޮށް، ފަލަސްތީނު ރައްޔިތުން ނައްތާލުމުގެ އަމަލެއް ކަމަށް މެލޭޝިޔާގެ މިނިސްޓަރ އަޒްލީނާ އުޘްމާން ސައީދު ވިދާޅުވިއެވެ.

“ފަލަސްތީނު މީހުން އެމީހުންގެ ގެދޮރުން ބޭރުކުރުމާ ގުޅޭގޮތުން އިސްރާއީލުގެ އޮފިޝަލުން ދައްކާ ވާހަކަތަކުން ހާމަވަނީ، މިއީ، ގަސްތުގައި ރާވާފައިވާ ރޭވުމެއްކަން” އަޒްލީނާ އުޘްމާން ސައީދު
އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި އިއްޔެ ފެށި އަޑުއެހުމަކީ، އދގެ އާންމު މަޖިލީހުން މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ހުށަހެޅި މައްސަލައިގެ އަޑުއެހުންތަކެވެ.

އާންމު މަޖިލީހުން އައިސީޖޭގެ ކިބައިން އެދިފައިވަނީ، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނު އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އިސްރާއީލުގެ މައްޗަށް އޮތް ގާނޫނީ ވާޖިބުތައް ބަލައި ދިނުމަށެވެ.
މި މައްސަލާގައި، އދއާއި، ފަލަސްތީނުގެ ފަރާތުން އިއްޔެ ބަޔާންތައް އިއްވައި، ހެކާއި ގަރީނާތައް ހުށަހަޅާފައިވާއިރު، އިސްރާއީލާ ދެކޮޅަށް 40 ގައުމަކުން ބަޔާންދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ހައްޔަރުކޮށްދިނުމަށް ބެން-ގްވީރް، ނަތަންޔާހޫގެ ކިބައިން އެދިއްޖެ

ފަލަސްތީނު ގައިދީންނަށް މަރުގެ އަދަބު ދިނުމުގެ ބިލް ފާސްވުމުން ބެން-ގްވީރް ޕާލަމެންޓްގައި މެޓާ ބަހައިފި

ރޭޕް ވީޑިއޯ ލީކްކޮށްލުމަކީ އިސްރާއީލުގެ ޕީއާރަށް މިހާތަނަށް ދެވުނު އެންމެ ނުރައްކާރެރި ހަމަލާ: ނަތަންޔާހޫ

ޣައްޒާ މައްސަލާގައި ޓްރަމްޕާ ދެކޮޅަށް މެލޭޝިޔާގެ ވެރިރަށުގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފި

TTH_advertisement