ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިނަދޫގެ ހައުސިން ޔުނިޓުތައް ހައުސިން މިނިސްޓްރީން ދޫކުރަން ނިންމައިފި

thinadhoo-units
ތިނަދޫގައި ހަދާފައިވާ ހައުސިން ޔުނިޓުތައް —

ތިނަދޫ ސިޓީގެ 200 ހައުސިން ޔުނިޓް ދޫކުރުމުގެ ކަންކަން ހައުސިން މިނިސްޓްރީން ކުރަން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ދަށުން ހައުސިން ޔުނިޓުތައް ދޫކުރުމަށް އެކުލަވާލަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް އަބަދުވެސް ކަނޑައަޅަނީ އެ މިނިސްޓްރީން އެންޑޯސްކޮށް، ހުއްދަ ލިބިގެން ކަމަށެވެ.

ނަމަވެސް، ތިނަދޫ ސިޓީ ކައުންސިލުން އެ އުސޫލާ ހިލާފަށް މިނިސްޓްރީގެ ހުއްދަ ނެތި ފްލެޓުތައް ދޫކުރަން މިދިޔަ ޖެނުއަރީ މަހުގެ 29 ގައި އިއުލާންކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، ތިނަދޫ ސިޓީ ކައުންސިލްގެ އެ އިއުލާނު މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ބާތިލުކޮށް އެކަން އެ ކައުންސިލަށް އަންގާފައިވާ ކަމަށާއި ހައުސިން ޔުނިޓުތައް ލިބޭ މީހުން ކަނޑައެޅުމުގައި އަމަލުކުރާ ގޮތުގެ އުސޫލު އެންޑޯސް ކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމަށް ވެސް އަންގާފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެކަން އެ ކައުންސިލުން ކޮށްފައިނުވާ ކަމަށް ބުންޏެވެ.

ހައުސިން ޔުނިޓުތައް ދޫކުރަން ތިނަދޫ ސިޓީ ކައުންސިލުން ކުރާ އެއްވެސް ކަމެއް އެ މިނިސްޓްރީން ބަލައިނުގަންނާނެ ކަމަށާއި އެ ހައުސިން ޔުނިޓުތައް ލިބޭ މީހުން ކަނޑައެޅުމަށް އެކުލަވާލަން ޖެހޭ އުސޫލު ހަދައި، އެ ތަންތަން ދޫކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަށް މިނިސްޓްރީން ކުރާނެ ކަމަށެވެ. އަދި އެކަން ކުރާނީ އިންސާފުވެރިކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

43

ނުކުޅެދުންތެރިކަން ހުންނަ މީހުން ފްލެޓަށް ފޯމު ހުށަހަޅަން ވަކި ކެޓަގަރީއެއް ކަނޑައަޅައިފި

HB BJQIboAAlePz

ތިނަދޫ ސިޓީގެ މަގުހެދުމުގެ ތިންވަނަ ފިޔަވަހި އާރުޑީސީއަށް

8q

ތިނަދޫ ސިޓީ ކައުންސިލަށް ބަދަލެއް ބޭނުންވޭ: އަޖީބު