ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޯކްސް ޕެޓްރޯލް ޝެޑުން މިއަދު ގަޑިއިރަކަށް ކަރަންޓު ދާނެ!

STO_Ads
TTH_Ads
Maldivian_Ads
Advertisement

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކަރަންޓު ވިއުގައަށް ކުރަންޖެހޭ އެމަރޖެންސީ މަރާމާތުތަކެއް ކުރުމަށްޓަކައި، މިއަދު ވަގަގުތީގޮތުން ކަރަންޓު މެދުކަނޑާލަން ޖެހޭ ކަމަށް ސްޓޭޓް އިލެކްޓްރިކްް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އަންގަވައިފިއެވެ.

ސްޓެލްކޯގެ ރަސްމީ އެކްސް އެކައުންޓުގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ހޯކްސް ޕެޓްރޯލް ޝެޑާއި، އެމްއޭސީއެލް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ އަދި އެސްޓީއޯ ޓަވަރުތަކުން މިއަދު ހެނދުނު 9:30 އިން 10:30 އާ ދެމެދު ކަރަންޓު ކެނޑިގެންދާނެއެވެ. ނަމަވެސް މަސައްކަތް ނިމުމާއެކު ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ގުޅައިދެވޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ 5 ވަނަ ޓަވަރު (އެޗް5) ގެ ކޮންމެ އެޕާޓްމަންޓަކުންވެސް މިއަދުގެ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު ގާތްގަނޑަކަށް 30 މިނިޓަށް ކަރަންޓު ކެނޑިގެންދާނެ ކަމަށްވެސް ސްޓެލްކޯއިން އިތުރު ޕޯސްޓެއްގައި ހާމަކުރައްވާފައިވެއެވެ.

HajjCop_ads
Advertisement

މި މަސައްކަތްތަކަކީ ކަސްޓަމަރުންނަށް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް ސްޓެލްކޯއިން ފާހަގަކުރައްވައެވެ. އަދި މި މަސައްކަތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދާ ކަމަށާއި، މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HUz1OShbsAA38Gz

ހއ. އަތޮޅުގެ ކަރަންޓުގެ ޚިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ޙަވާލުވެއްޖެ

ސްޓެލްކޯއިން ހދ. ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއަށް

ހުޅުމީދޫގައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ސްޓެލްކޯއިން މަރާމާތުކޮށް ބޭނުންކުރަން ފަށައިފި