ކުއްލި ޚަބަރު

ބިލެތްދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އެސްޑީއެފްސީގެ ޗެއާޕާސަން ކަމަށް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފި

އާރްޓީއެލް މުޅި ރާއްޖެއަށް ފުޅާކުރުމަށް ފެރީ ބަންނާނެ އިތުރު ކުންފުނިތައް ދަނީ ހޯދަމުން: އަމީން

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް، މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރްޓީއެލްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އެކަމަށް ބޭނުންވާ މަސައްކަތްތައް ކުރިއަށްދާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން ހާމަކުރައްވައިފިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، މިއީ ދަތުރުފަތުރުގެ ދާއިރާގައި މިވަގުތު އެންމެ އިސްކަމެއް ދެވިގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ. އާރްޓީއެލްގެ ޚިދުމަތް މިހާތަނަށް ވަނީ އުތުރުން 4 އަތޮޅު، އެންމެ ދެކުނުން 4 އަތޮޅު އަދި ޅ. އަތޮޅުގައި ފަށާފައެވެ. އެންމެ ފަހުން މި ޚިދުމަތް ފެށުނީ ނ. އަތޮޅުގައި ކަމަށާއި، އެއީ މިދިޔަ އަހަރުގެ މެދުތެރޭގައި ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޕީއެސްއެމްގެ “ރާއްޖެމިއަދު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، އާރްޓީއެލްގެ މުޅި މަޝްރޫޢު އަސްލު ފަރުމާކުރެވިފައިވަނީ 2027 ވަނަ އަހަރަށް މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުމަށް ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މި މަސައްކަތް މި އަހަރުގެ ނިޔަލަށް މުޅި ރާއްޖެއަށް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

މި މަސައްކަތްތައް އަވަސް ދުވެއްޔެއްގައި ކުރިއަށްދާއިރު، އެންމެ އަވަހަށް ދެން މި ޚިދުމަތް ފަށާނީ ރ. އަދި ބ. އަތޮޅުގައި ކަމަށް މިނިސްޓަރ އަމީން ހާމަކުރެއްވިއެވެ.

“ނ. އަތޮޅުގައި އަޅުގަނޑުމެން މިހާރު ވާނީ ޚިދުމަތް ފަށާފައި. ދެން ހިމެނޭ ރ. އަތޮޅު އަދި ބ. އަތޮޅުގައި ޖޫން މަހު ޚިދުމަތް ފަށާނެ ކަމަށް ލަފާކުރެވޭ،” މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން އިތުރަށް ވިދާޅުވީ،

މިޚިދުމަތަށް ބަންނަ އުޅަނދުތަކަކީ ވަކި ޚާއްޞަ މިންގަނޑުތަކަކަށް ފެތޭގޮތަށް ބަންނަ އުޅަނދުތަކަކަށްވުމާއެކު، އެކަމަށް ވަގުތު ނަގާ ކަމަށެވެ. އެހެންކަމުން މި މަސައްކަތް އަވަސްކުރުމަށްޓަކައި، އިތުރު ކުންފުނިތަކާ މަސައްކަތް ޙަވާލުކުރުމަށް އެކަމަށް ހުރި ފުރުޞަތުތައް ދިރާސާކުރަމުންދާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިހާތަނަށް ފެރީތައް ބަނދެފައިވަނީ ގަލްފް ކްރާފްޓް އަދި އަލްޝާލީ މެރިންއާ ޙަވާލުކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅު”ލޯންޗުތައް ބަންނަނީ ވަކި ޚާއްޞަ މިންގަނޑުތަކަކަށް، އަދި އުޅަނދުތައް ބަނުމުގައި ވަކި މަޙްދޫދިއްޔަތުތަކެއް އެބަހުރި. އެހެންކަމުން، މަސައްކަތް އަވަސްކުރުމަށްޓަކައި ރާއްޖެއިން ބޭރުން އުޅަނދުތައް ބަނދެވޭނެ ފުރުޞަތުތައްވެސް މިހާރު ދަނީ ބަލަމުން. އަޅުގަނޑުމެންގެ މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ފެށުން،”.

މިވަގުތު އާރްޓީއެލް ޚިދުމަތުގައި 26 ފެރީ ބޭނުންކުރަމުންދާ ކަމަށާއި، މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް 70 އަށްވުރެ ގިނަ އުޅަނދު ބޭނުންވާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި އުޅަނދުތަކަކީ 50 މީހުންގެ ޖާގައިގެ ޒަމާނީ ހައި-ސްޕީޑް ލޯންޗުތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެން ކަމަށާއި، އެންމެ ފަހުން މި ޚިދުމަތް ފެށުނު ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގައި މި ޚިދުމަތް ފޯރުކޮށްދެވޭ ކަމަށް މިނިސްޓަރ އަމީން ހާމަކުރެއްވިއެވެ. މިހާރު ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރްޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވިފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ބިލެތްދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

112

އެސްޑީއެފްސީގެ އެމްޑީ ކަމަށް ބަދުރުއްދީން ހަސަން

އުނގޫފާރު ސްކޫލު ސްޓަރ ދަރިވަރުންނަށް ”ފަޔަރ ސޭފްޓީ” ސެޝަނެއް ކުރިއަށް ގެންގޮސްފި

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑަށް ފޯމް ހުށައަޅަން ހުޅުވާލައިފި

ELL Mobile Advertisement TTH_advertisement