ކުއްލި ޚަބަރު

މަދީނާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އިންޑިއާގެ 42 އުމްރާ ވެރިން މަރުވެއްޖެ

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ސަރުކާރުގެ ފުރަތަމަ ސްކީމުން 15000 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރާ ބިލު ރައީސް ވަގުތުން ތަސްދީޤު ކުރައްވައިފި

ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 2025 އޭޕްރިލް މަހުގެ 15 ވަނަ ދުވަހު (މިއަދު) ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ.

ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ
ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

778

ފަތުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި ޓެކްސީ ޑްރައިވަރުންނަށް ފްލެޓް ދިނުމުގެ ޚާއްސަ ކެޓަގަރީއާއެއް

hulhumale

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ސަރުކާރުގެ ފުރަތަމަ ސްކީމުން 15000 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

muizzu-councils

އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލިހަށް ހުށަހަޅައިފި

TTH_advertisement