ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަމަލާތައް ހުއްޓާލަންދެން އިސްރާއީލްގެ ޕާސްޕޯޓް މަނާކުރަން ފާސްކޮށްފި

4577777

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ އިސްރާއީލުން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓާލަންދެން، އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެގޮތަށް އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ، ނުވަތަ 241 ކޮމިޓީން ފާސްކޮށްފިއެވެ.

އެފަދައިން ފާސްކުރީ މިއަދު ބޭއްވި ކޮމިޓީގެ ބަައްދަލުވުމުގައެވެ. ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

ހަމަލާތައް ހުއްޓާލަންދެން އިސްރާއީލްގެ ޕާސްޕޯޓް މަނާކުރިޔަަސް ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް އެތެރެވެވޭނެ ކަމަށް ކޮމިޓީން ގެނައި އިސްލާހުގައިވެ އެވެ. ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްލާއީލުން ދެމުންދާ ހަމަލާތައް މި ސަރުކާރުން ދަނީ ކުށްވެރިކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި