ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަޒްމިރަލްދާ އާއި މަހާޒް، ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ފަހު އެޑުއެހުންތައް މާދަމާ

azmiralda-mahaz
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު — ފޮޓޯ: މިހާރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު، މަގާމުގެ ނުފޫޒު ފޯރުވި ކަމަށް ތުހުމަތުވާ މައްސަލައިގެ ފަހު އަޑުއެހުންތައް މާދަމާއަށް ތާވަލުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒްމިރަލްދާ އާއި މަހާޒަށް މިހާރު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވުމަށް އަންގައިފައެވެ. އެގޮތުން މާދަމާ ހެނދުނު 9:00 ގައި ހާޒިރުވުމަށް މަހާޒަށް އަންގާފައިވާ އިރު، އަޒްމިރަލްދާއަށް އަންގާފައިވަނީ މާދަމާ ހެނދުނު 10:00 ގައި ހާޒިރުވުމަށެވެ.

ޖޭއެސްސީން ދަނީ އަޒްމިރަލްދާ އާއި މަހާޒުގެ ދެ މައްސަލައެއް ބަލަމުންނެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފު ސްޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު “ހުތުރު ބަހުން” ވާހަކަދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި މައްސަލައެވެ.

އަދި އަނެއް މައްސަލައަކީ ޖޭއެސްސީން އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލައެވެ. އެ ދެ މައްސަލައިގައި ވެސް ޖޭއެސްސީން ބަލަމުންދަނީ އަޒްމިރަލްދާ އާއި މަހާޒްގެ މައްސަލައެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލަތަކުގެ ތަހުގީގަށް މީގެ ކުރިން ވެސް އަޒްމިރަލްދާ އާއި މަހާޒް ވަނީ ޖޭއެސްސީއަށް ހާޒިރުކޮށްފައެވެ. ޖޭއެސްސީއަށް ހާޒިރުކުރުމުން އެ ދެ ފަނޑިޔާރުން ވެސް ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދެވި ހުސްނުއްސުއޫދުގެ މައްސަލަ ވެސް ބަލަން ފެށިއެވެ. ނަމަވެސް ސަސްޕެންޝަނުގައި ހުންނަވަނިކޮށް، ސުއޫދު ވަނީ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާދެއްވައިފައެވެ.

ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒް އަދި ސުއޫދު ސަސްޕެންޑުކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ. ޖޭއެސްސީން ތިން ފަނޑީޔާރުންގެ މައްސަލަ ބަލަން ފަށާފައިވަނީ އޭގެ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

supreme-court

ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ދުސްތޫރީ މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ

Supreme Court

ރެފެރެންޑަމް ވޯޓުގެ ސުވާލު ގާނޫނާ ހިލާފުކަމަށް ހުށަހެޅި މައްސަލަ ބަލައިގެންފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި

Supreme Court

އަނބިމީހާ މަރާލަން އުޅުނު މީހާ ދޫކޮށްލުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި