ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރަން ކުރާ މަސައްކަތުގެ ނަތީޖާ ރަނގަޅު: ނާޒިމް

2993

ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތާއެކު، ރަނގަޅު ނަތީޖާއެއް ފެންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެެއްޖެއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ބޭސް ލިބުމުގައި ދަތިތަކެއް ދިމާވެގެން އެކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

“މިކަން ހައްލުކުރުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާނީ. އަދި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޭގެ ނަތީޖާ މިހާރު ވަރަށް ރަނގަޅަށް އެބަ ފެންނަމުންދޭ،” ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެސްޓީއޯ އިން ބޭހުގެ ސަޕްލައި އިތުރު ކުރުމަށް ހާއްސަ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ކަން ކުރަން ފެށުމާއެއްކޮށް ބޭސް ލިބުމުގައި ދިމާވާ ދަތިތަކުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“މިކަންކަން މިގޮތަށް ކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ކުރިން ހުރި ގޮންޖެހުންތަކަށް ހައްލުތަކެއް ލިބި، އަޅުގަނޑުމެން ދެކެނީ ކުރިއެރުންތަކެއް އެބަލިބޭ،” ނާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އާބާދީ މަދު ރަށްރަށުގެ ސިއްހީ ޚިދުމަތް ވެސް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން: ނާޒިމް

ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ: ނާޒިމް

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

WhatsApp Image 2026 03 05 at 13.42.57

ރާއްޖޭގައި ޝީޝާ މަނާކުރަން ދަނީ މަޝްވަރާކުރަމުން: ނާޒިމް