ކުއްލި ޚަބަރު

ލަންކާ ރައްޔިތުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ޓޫރިސްޓް ވިސާ ހިލޭ

އާރްޑީސީގެ އެމްޑީ ކަމަށް ނަޒީމް ހަމަޖައްސައިފި

އެޗްޑީސީގެ އެމްޑީ ކަމަށް ޒުހައިރު އައްޔަންކޮށްފި

ތައިލެންޑަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް އެދިއްޖެ

ތައިލެންޑްގެ އިމިގްރޭޝަން ޤަވާޢިދުތަކަށް ގެނެވުނު އިޞްލާޙުތަކާ ގުޅިގެން، އެ ޤައުމަށް ދަތުރުކުރާ އެންމެހައި ފަސިންޖަރުން “ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު” ފުރިހަމަކުރުމަކީ މިހާރު ލާޒިމު ކަމެކެވެ. މި ބަދަލާ ގުޅޭގޮތުން ދިވެހި ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ތައިލެންޑްގެ އިމިގްރޭޝަނުން އަންގާފައިވާ ގޮތުގައި، މި އައު އުސޫލަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ. ޚާރިޖީ ވުޒާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި އޮންލައިން ފޯމު ފުރިހަމަކުރަންވާނީ ދަތުރު ފެށުމުގެ ތިން ދުވަސް ކުރިންނެވެ.

މި ބަދަލު ގެނައުމާއެކުވެސް، ދިވެހިރާއްޖެއާއި ތައިލެންޑާ ދެމެދު ޤާއިމުކުރެވިފައިވާ ވިސާ އިންތިޒާމުތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން، ކުރީގައި އޮތް ފަދައިން، ދިވެހި ރައްޔިތުންނަށް 90 ދުވަހުގެ “އެންޓްރީ ވިސާ” އެއްގެ ދަށުން ތައިލެންޑަށް ދަތުރުކުރުމުގެ ފުރުޞަތު އޮތް ގޮތަށް ދެމިއޮންނާނެއެވެ.

ވީމާ، ތައިލެންޑަށް ދަތުރުކުރުމަށް ރާވާ ދިވެހި ރައްޔިތުން، ރާއްޖެއިން ފުރުމުގެ ކުރިން “ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު” އޮންލައިންކޮށް ފުރިހަމަކުރުމަށް ޚާރިޖީ ވުޒާރާއިން ވަނީ އާދޭސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Xzhsidsiufvo1ndwf2pgpxrvxgrvwxzm3a6drpaw 1536x1023

ލަންކާ ރައްޔިތުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ޓޫރިސްޓް ވިސާ ހިލޭ

112

އާރްޑީސީގެ އެމްޑީ ކަމަށް ނަޒީމް ހަމަޖައްސައިފި

ބީއެމްއެލްއިން އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްޤީކުރުމުގައި އެހީތެރިވެދޭން ނިންމައިފި

ނައިފަރަށް ދަތުރުކުރި ބޯޓެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފްއިން އެހީ ވަނީ

TTH_advertisement ELL Mobile Advertisement