ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ދެކުނު އޭޝިޔާގެ ފުޓްބޯޅަ ރައީސް ކަމަށް 70 އަހަރު ވިޔަސް ކުރިމަތިލެވޭ ގޮތް ހަދައިފި

ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމްޢިއްޔާ (ސާފް) ގެ ގަވާއިދަށް މުހިންމު އިޞްލާޙެއް ގެނެވިއްޖެއެވެ. މި އިޞްލާޙުގެ ދަށުން، ޖަމްޢިއްޔާގެ ރައީސްކަމަށް ކުރިމަތިލެވޭ އުމުރުގެ މަތީ ހައްދު އުވާލެވިފައިވެއެވެ. މިއީ މިހާރުގެ ރައީސް، ބަންގްލަދޭޝްގެ ޢާޒީ ސަލާޙުއްދީނަށް އިތުރު ދައުރަކަށް ކުރިމަތިލުމުގެ މަގު ތަނަވަސްކޮށްދިނުމަށް އަމާޒުކޮށްގެން ގެނެވުނު ބަދަލެކެވެ.

މި އިޞްލާޙު ފާސްކުރެވުނީ ސްރީލަންކާގައި ބޭއްވުނު ސާފްގެ ޚާއްޞަ ކޮންގްރެސްގައެވެ. އޭޝިޔާ ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހީމް އަލލް ޚަލީފާގެ ހާޒިރުގައި ބޭއްވުނު މި ބައްދަލުވުމުގައި، ސާފްގެ ހުރިހާ މެންބަރު ޤައުމުތަކުގެ އިއްތިފާޤުން މި ބަދަލު ގެނެވުނެވެ.

މީގެ އިތުރުން، ކުރިން ގެނެވިފައިވާ ބައެއް އިޞްލާޙުތައް ވެސް ވަނީ އުވާލެވިފައެވެ. މީގެ ތެރޭގައި ރައީސްކަމުގެ މަޤާމު އެންމެ ގިނަވެގެން ތިން ދައުރަށް ހަނިކުރި އިޞްލާޙު ހިމެނެއެވެ. މި ބަދަލުތަކާ ގުޅިގެން، ޢާޒީ ސަލާޙުއްދީނަށް އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން އިބްރާހީމް ޚަލީފާ ފާހަގަކުރެއްވީ ފުޓްބޯޅައިގެ ކުރިއެރުމަށް އެންމެ މުހިންމު ކަމަކީ ހަރުދަނާ އަދި އެކުވެރި ލީޑަރޝިޕެއް އޮތުން ކަމުގައެވެ. އަދި މި ކޮންގްރެސްގައި ނިންމޭ ނިންމުންތަކަކީ ސަރަޙައްދުގެ ފުޓްބޯޅަ ކުރިއެރުވުމަށް އެންމެ އެކަށޭނަ ނިންމުންތަކަށް ވާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު ފާޅުކުރެއްވިއެވެ.

ޢާޒީ ސަލާޙުއްދީންގެ ދައުރުގައި ސާފްގެ ހިންގުން ހަރުދަނާވެ، އިންތިޒާމްކުރެވޭ މުބާރާތްތައް ފުޅާވަމުން އައިސްފައިވާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖެއިން ސާފަށް ދައްކަންޖެހޭ ފައިސާއާ ގުޅޭ މައްސަލަ އަދިވެސް ޙައްލުނުވެ އޮތްކަން ފާހަގަކުރެވެއެވެ. މި ފައިސާއަކީ 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕާ ގުޅިގެން ދައްކަންޖެހޭ ފައިސާއެވެ. ނަމަވެސް، މި ފަހަރުގެ ބައްދަލުވުމުގައި މި މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެވުނުކަން ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް

ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް ރައީސް ހިތްވަރުދެއްވައިފި

ވިމެންސް ކާވާ ކަޕްގެ ފައިނަލަށް ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމު ދަތުރުކޮށްފި

TTH_advertisement