ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިމަންދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެއްޖެ

Whatsapp image 2025 04 04 at 10.27.53
އަލިފާން ރޯވި ލޯންޗު ހިމަންދޫ ފަޅުތެރެއަށް އަޑިއަށް ގޮސްފައި — ފޮޓޯ: ޕޮލިސް

އއ. ހިމަންދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ހިމަންދޫ ބަނދަރުގައި އޮތް “ކައެލް ވިންގް” ނަމަކަށް ކިޔާ ލޯންޗެއްގައި އަލިފާން ރޯވެފައިވާ މައްސަލައެއް މިއަދު ހެނދުނު 5:50 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި ލޯންޗުގައި ރޯވި އަލިފާން ނިއްވާލާފައިވަނީ ފުލުހުންނާއި ހިމަންދޫ ކައުންސިލާއި ރަށުގެ އާންމުން ގުޅިގެން ކުރި މަސައްކަތުން މިއަދު ހެނދުނު 6:26 ހާއިރު ކަމަށެވެ.

އެ ހާދިސާ ހިނގި އިރު، ލޯންޗުގައި ކެޕްޓަނާއި ދެ ފަޅުވެރިން އަދި ކުޑަކުއްޖެއް ހުރި ކަމަށާއި ފަޅުވެރިންނަށް ކޮންމެވެސް ވަރަކަށް އަނިޔާވި ނަމަވެސް، ބޮޑު އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަލިފާން ރޯވި ލޯންޗު ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި މިހާރު އެ ލޯންޗު ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ.

އެ ލޯންޗުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ހޯދިފައި ނުވާ އިރު، ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

އަލިފާންރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް އިތުރު 30 ދުވަސް

Q

މޯޗަރީ ކައިރީ ހުރި ގެއެއްގައި އަލިފާން ރޯކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Iu

ގުދަނުގައި ރޭ އަލިފާން ރޯވި މައްސަލައިގެ ޚާއްސަ ތަހުގީގެއް ފަށައިފި

WhatsApp Image 2026 03 18 at 11.18.02

ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަނީ