ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ދަތުރުކުރަމުންދިޔަ ބޯޓެއްގައި ރޯވެއްޖެ، އެކަކު ގެއްލިގެން ހޯދަނީ

alifaan-boat
މާލެ ދަތުރުކުރަމުންދިޔަ ބޯޓެއްގައި ރޯވެ އަނދަނީ — ފޮޓޯ: އެމްއެންޑީއެފް

މާލެ ދަތުރުކުރަމުންދިޔަ ބޯޓެއްގައި ރޯވެ އަނދައިފިއެވެ.

އެނގިފައިވާ ގޮތުގައި ރޯވެފައިވަނީ “ހޮޅުދޫ ބޯޓް” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައެވެ. އެ ބޯޓުގައި ރޯވެފައިވަނީ ތ. އަތޮޅުން މުދާ ބަރުކޮށްގެން މާލެ ދަތުރުކުރަމުންދަނިކޮށެވެ.

އެމްއެންޑީއެފުން މިރޭ ބުނީ “ހޮޅުދޫ ބޯޓް” އިން ދަތުރުކުރަމުންދިޔަ 18 މީހުންގެ ތެރެއިން 17 މީހުން ސަލާމަތްކޮށްފައިވާ ކަމަށާއި އެކަކު ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ގެއްލިގެން ހޯދަމުންދަނީ ލ. މާވަށު، އަލީ މުޝްފިގް (25އ) ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މުޝްފިގް ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްްޓްގާޑާއި އެ ސަރަހައްދުގެ ގިނަ އުޅަނދުތަކެއް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

އަލިފާންރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް އިތުރު 30 ދުވަސް

Q

މޯޗަރީ ކައިރީ ހުރި ގެއެއްގައި އަލިފާން ރޯކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Iu

ގުދަނުގައި ރޭ އަލިފާން ރޯވި މައްސަލައިގެ ޚާއްސަ ތަހުގީގެއް ފަށައިފި

WhatsApp Image 2026 03 18 at 11.18.02

ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަނީ