ކުއްލި ޚަބަރު

ލަންކާ ރައްޔިތުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ޓޫރިސްޓް ވިސާ ހިލޭ

އާރްޑީސީގެ އެމްޑީ ކަމަށް ނަޒީމް ހަމަޖައްސައިފި

އެޗްޑީސީގެ އެމްޑީ ކަމަށް ޒުހައިރު އައްޔަންކޮށްފި

ބިންހެލުމާ ގުޅިގެން ތައިލެންޑާއި މިޔަންމާގެ ހާލަތު މިދަނީ މޮނީޓާކުރަމުން: މިނިސްޓްރީ

Th roads 780x439
ތައިލެންޑުގެ މަގެއް —

ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ދެ ގައުމުގެ ހާލަތު މޮނީޓާކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިޔަންމާއާއި ތައިލެންޑަށް މިއަދު އައިސްފައިވަނީ 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. އެ ބިންހެލުމާ ގުޅިގެން މިޔަންމާ އާއި ތައިލެންޑަށް ގެއްލުންތަކެއް ވެފައިވާ އިރު، އެ ކާރިސާގެ ސަބަބުން އެ ދެ ގައުމުގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާތަނަށް ބެލިބެލުމުން ތައިލެންޑުގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި މިޔަންމާގައި އެއްވެސް ދިވެހި ރައްޔިތަކު މިވަގުތު ހުރިތޯ ބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ މިނިސްޓްރީން އެ ދެ ގައުމުގެ ހާލަތު މޮނިޓާ ކުރަމުންދާ ކަމަށާއި އެގޮތުން ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް މަސައްކަތްކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ކާރިސާއާ ގުޅިގެން ތައިލެންޑާއި މިޔަންމާއިން ކުއްލި ހާލަތު އިއުލާނުކޮށްފައިވުމާއެކު، އެ ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އެކަމާ ގުޅިގެން އަންގާ އެންގުންތަކަށް ސަމާލުވެ، އެއާ އެއްގޮތަށް އަމަލުކުރުމަށް އެ ދެ ގައުމުގައި ތިބި ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ އެ ކާރިސާއާ ގުޅިގެން، ތައިލެންޑުގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު އެހީތެރިކަމެއް ބޭނުންވާ ނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ، ތައިލެންޑުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް ދަންނަވާ ކަމަށެވެ. އަދި މިޔަންމާގައި މިވަގުތު އެއްވެސް ދިވެހި ރައްޔިތެއްވާ ނަމަ، އަދި އެ މީހަކަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ، އެމްބަސީ ނުވަތަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް ދަންނަވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

  • އެމްބަސީ ހޮޓްލައިން ނަންބަރު: 611766502 66+
  • މިނިސްޓްރީ ހޮޓްލައިން ނަންބަރު: 9607983400+

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Xzhsidsiufvo1ndwf2pgpxrvxgrvwxzm3a6drpaw 1536x1023

ލަންކާ ރައްޔިތުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ޓޫރިސްޓް ވިސާ ހިލޭ

112

އާރްޑީސީގެ އެމްޑީ ކަމަށް ނަޒީމް ހަމަޖައްސައިފި

112

އެޗްޑީސީގެ އެމްޑީ ކަމަށް ޒުހައިރު އައްޔަންކޮށްފި

ބީއެމްއެލްއިން އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްޤީކުރުމުގައި އެހީތެރިވެދޭން ނިންމައިފި

ELL Mobile Advertisement TTH_advertisement