ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއާޕޯޓުން ސިނގިރޭޓު ކާޓަން ބޭރުކުރަން އުޅުނު ސިފައިންގެ މީހަކު ހައްޔަރުކޮށްފި

B e6j6qxlqglvvuwiumxkox5i7f
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުން ހުއްދަ ނެތި ސިނގިރޭޓް ކާޓަންތަކެއް ބޭރުކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި އައިހަމް — ފޮޓޯ: ޕޮލިސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ސިނގިރޭޓު ކާޓަން ބޭރުކުރަން އުޅުނު އިތުރު މައްސަލައެއްގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މިމަހުގެ 21 ވަނަ ދުވަހުގެ 15:55 ހާއިރު ވީއައިއޭގެ ޑިއުޓީ ފްރީ އިން ގަވާއިދާހިލާފަށް ސިނގިރޭޓް ބޭރުކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ގަސްކަރަ، މުހައްމަދު އައިހަމް (23އ) އެވެ. އޭނާ ބަންދަށް ކޯޓުން ވަނީ ދިހަ ދުވަސް ޖަހައިދީފައެވެ.

އެނގިފައިވާ ގޮތުގައި އައިހަމްއަކީ އެމްއެންޑީއެފްގައި މަސައްކަތްކުރާ މީހެކެވެ.

އެއާޕޯޓުން ސިނގިރޭޓް ކާޓަންތަކެއް ބޭރުކުރި އެހެން މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ ފުލުހަކު ހިމެނޭ ގޮތަށް މިދިޔަ އަންގާރަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ މ. ސިލްވަނެސްޓް، އަހުމަދު އަފްޒަލް، (45އ) އަދި ދަފްތަރު ނަމްބަރު ރސ. 14358، ޔޫސުފް ނަޒީރު (38އ) އެވެ. އޭގެ ތެރެއިން ނަޒީރަކީ އެއާޕޯޓުގައި ޑިއުޓީ ކުރާ ފުލުހެކެވެ. އޭނާ ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑުކޮށްފައެވެ.

އެ ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ވަނީ ދޫކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޔ ޔޫތޯ
ދެން ތިކަނުގައި މަދީ އެވިއޭޝަން ކޮމާންޑު މީހަކާ ކަސްޓަމު މީހެއްތާ. ބަލާބަލަ އަނެއްކާ.

ގުޅުންހުރި

66

ޑައިވިން ދޯނީގައި ރޯވުން: ދޯނި އަޑިއަށް، އެކެއްގެ ފައި ފިހިއްޖެ

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

Big C9T3CKlQgbjnTSq5kPakTOIEG

ރަން މެޑަލް ހޯދި ސިފައިންނަށް ހޫނު މަރުޙަބާއެއް

“ޕެޓްސް ކޮމްޕެޓިޝަން” ވާދަކޮށް އެމްއެންޑީއެފުން ރަން މެޑެލި ހޯދައިފި