ކުއްލި ޚަބަރު

އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތު އިފްތިތާހުކޮށްފި

އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލިހަށް ހުށަހަޅައިފި

ސިނގިރޭޓް ވައްކަމާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

ރައީސް ބަންގްލަދޭޝްގެ މިނިވަންދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޢިއްޒަތްތެރި ވެރިންނަށާއި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިޖްތިމާޢީ މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި، ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހަބުއްދީނަށާއި، އެ ޤައުމުގެ ވަގުތީ ސަރުކާރުގެ އިސް މުޝީރު ޑރ. މުޙައްމަދު ޔޫނުސްއަށާއި، އަދި ބަންގްލަދޭޝްގެ އެންމެހައި ރައްޔިތުންނަށް މިނިވަންދުވަހުގެ ހޫނު ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ހަމަޖެހުމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ބަދަހި ގުޅުން މުސްތަޤުބަލުގައި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ބަންގްލަދޭޝްގެ މިނިވަންދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްވެސް ވަނީ އެ ޤައުމުގެ އިންތިޤާލީ ސަރުކާރުގެ ޚާރިޖީ ވުޒާރާގެ އެޑްވައިޒަރު އެމްޑީ ތައުހީދު ހުސައިނަށް ތަހުނިޔާގެ މެސެޖެއް އަރިސްކުރައްވާފައެވެ. މި މެސެޖުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމާއި، ދިވެހިރާއްޖޭގެ ތަރައްޤީގައި ބަންގްލަދޭޝުން ދެއްވަމުން ގެންދަވާ އެހީތެރިކަން ޚާއްޞަކޮށް ފާހަގަކުރައްވާފައިވެއެވެ.

ޚާރިޖީ ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muizzu-councils

އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލިހަށް ހުށަހަޅައިފި

ފަލަސްތީނުގައި ދައުލަތެއް ގާއިމްކުރަން ގޮވާލުމުގައި ފަސްނުޖެހޭ: ރައީސް

މަންދޫ ޒުވާނުންގެ ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފި

Ii

ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މި މަހުގެ 23 ގައި ރާއްޖެ އަންނާނެ: ރައީސް

TTH_advertisement