ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްލެޓު ލިސްޓަށް 1500 އަށްވުރެ ގިނަ ޝަކުވާ ހުށައަޅައިފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ގެދޮރުވެރިކަމުގެ 4000 ފްލެޓް ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓަށް މިހާތަނަށް 1500 އަށްވުރެ ގިނަ ޝަކުވާ ހުށަހެޅިފައިވެއެވެ. މި ޝަކުވާތައް ހުށަހެޅިފައިވަނީ އެކަމަށް ޚާއްޞަކުރެވިފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

ވުޒާރާއިން އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި:

1. ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވި، އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ދެމިގެންދާނެއެވެ.

HajjCop_ads
Advertisement

2. ޝަކުވާ ހުށަހަޅާ ފަރާތްތަކުން، މާލޭގައި ދިރިއުޅެފައިވާކަން ސާބިތުކޮށްދިނުމަށް ބޭނުންވާ މަޢުލޫމާތު ތަފްޞީލުކޮށް ހުށަހެޅުމަށް އެދިވަޑައިގެންފައިވެއެވެ.

3. ދައުލަތުގެ އިދާރާތަކުން ލިބެންހުރި މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް، ޝަރުޠު ހަމަވާކަން ސާބިތުވާ ފަރާތްތަކަށް ޙައްލު ހޯދައިދެވޭނެއެވެ.

މި ސްކީމާ ގުޅޭގޮތުން ޖުމްލަ 2843 ޝަކުވާ ލިބިފައިވާއިރު، ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓާ ގުޅޭގޮތުން 1575 ޝަކުވާ ހުށަހެޅިފައިވެއެވެ. މީގެ ތެރޭގައި 3 ކޮޓަރީގެ އެޕާޓްމަންޓް ލިސްޓާ ގުޅޭ 1176 ޝަކުވާއާއި، 2 ކޮޓ، 2 ކޮޓަރީގެ އެޕާޓްމަންޓާ ގުޅޭ 399 ޝަކުވާ ހިމެނެއެވެ.

ވުޒާރާއިން އާންމުންނަށް އިލްތިމާސްކުރައްވާފައިވަނީ، ޝަކުވާ ހުށަހަޅާއިރު މާލޭގައި ދިރިއުޅެފައިވާކަމުގެ މަޢުލޫމާތު ލިބެންހުރި ދައުލަތުގެ އިދާރާތަކުގެ ތަފްޞީލު ޕޯޓަލްގައި ހިމެނުމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

S Shain
Gedhoru veriyaa portal in Hama ekani shakuvaa husha elhenee, saabithu kohdheyn beynunvaa document thah attach nukurevey goi hadhaafa innanee , dhen kohie h document thah husha alhaanee?

ގުޅުންހުރި

gulhifalhu

ގުޅިފަޅުގައި މިއަހަރު 4000 ހައުސިން ޔުނިޓުގެ މަޝްރޫޢުއެއް ފަށަނީ

Hulhumale

އަމިއްލަ ގެދޮރު އިމާރާތްކުރަން ދަތިވާ މީހުންނަށް ހާއްސަކޮށްގެން މާލީ އެހީ

Amaan Dhoadhi hulhumale

ބޯހިޔާވަހިކަމުގެ އެޕްލިކޭޝަންތަކުގެ ޑަބަލް ވެރިފިކޭޝަން މަސައްކަތް ފަށައިފި

laamu gamu

ދިރިއުޅުން ނޫން އެހެން ބޭނުންތަކަށް ދޫކުރާ ބިންތަކުގެ ޤަވާޢިދު ޢާންމުކޮށްފި