ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަންދީ އާއި ޝިއުނާ ވެސް ފުލުހަށް ހާޒިރުވާން އަންގައިފި

Manss
STO_Ads
TTH_Ads

އިދިކޮޅު އެމްޑީޕީން ކުރިޔަށް ގެންދިޔަ އިހުތިޖާޖުގައި އެ ޕާޓީގެ ދުވަސްވީ އެކްޓިވިސްޓުން ކަމަށްވާމަރިޔަމް ޒުބައިރު (މަންދީ) އާއި ފާތިމަތު ޝިއުނާ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

އެ ދެ މީހުން ހާޒިރުވާން އަންގައި ފުލުހުން ފޮނުވި ޗިޓުގައިވާ ގޮތުން ދެ މީހުން ހާޒިރުކުރަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް އެއްވުމުގެ އުޅުމާއި އުޅަނދުފަހަރަށް ހުރަަސް އެޅުމާއި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައެވެ.

ދެ މީހުން ވެސް ހާޒިރުވާން އަންގާފައިވަނީ ހޯމަ ދުވަހުގެ މެންދުރު 1 ޖަހާއިރަށެވެ. އެ ދެ މީހުންގެ ތެރެއިން މަންދީ އަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްގެ މަންމައެވެ.

HajjCop_ads

މީގެ ކުރިން ވެސް ވަނީ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ބައެއް މީހުން ފުލުހަށް ހާޒިރުކޮށްފައެވެ.

އެ މުޒާހަރާތަކާ ގުޅިގެން މިހާތަނަށް ފުލުހަށް ހާޒިރުކޮށްފައިވާ މީހުންގެ ތެރޭގައި އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އާއި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް)ގެ އިތުރުން ޓެކްސީ ޑްރައިވަރު މުހައްމަދު ޝާމިން ހިމެނެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

ފުލުހުންގެ އިމަޖެންސީ ނަންބަރުތަކަށް ދިމާވި މައްސަލަ ހައްލުކޮށްފި

8u

ޑްރަގްގެ މައްސަލައެއްގައި މަޑުއްވަރީން މީހަކު ހައްޔަރުކޮށްފި

Police vcle

އޭޕްރީލުމަހު އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި

މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި