ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީސީބީގެ ރައީސް ކަމަށް އަނަސް

Anass
TTH_Ads
STO_Ads

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ ރައީސްކަމުގެ މަގާމަށް ފިނޭންސް މިނިސްޓްރީގެ ނައިބަކަށް ހުރި މުހައްމަދު އަނަސް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން މިއަދު އެ މަގާމަށް އަނަސް އައްޔަންކޮށްފައިވާ ކަމަށެވެ.

ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ އަނަސް މީގެ ކުރިން އަދާކުރައްވާފައިވާ މަގާމްތަކުގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސާކަމުގެ މަގާމު ވެސް ހިމެނެއެވެ.

HajjCop_ads

ޕީސީބީގެ ރައީސް ގެ މަގާމުގައި ކުރިން ހުންނެވި ހަމްދީ އަގީލް 13 ފެބްރުއަރީ، 2025 ގައި ވަނީ ވަކިކުރައްވާފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

pcb raees

ޕީސީބީގެ ރައީސަކަށް ނިޒާރު އައްޔަނުކުރައްވައިފި

8u

ޕީސީބީގެ މެންބަރުކަމުން ފަތުހީ އިސްތިއުފާދެއްވައިފި

ގާނޫނަށް އަހުލުވެރި އިންފޮމޭޝަން އޮފިސަރުން އައްޔަންކުރަން އަންގައިފި

55

ބޭސް ކުންފުނީގެ ޗެއާޕާސަން ކަމަށް ހަލީމް، ބީސީސީގެ ޗެއާޕާސަން ކަމަށް ޝަހީދު