ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީ ގެ ނަމުގައި ނުރަސްމީ މައުލޫމާތު އެއްކުރުމުގެ މައްސަލަ ސަމާލުކަމަށް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި ހުއްދަނެތި މައުލޫމާތު އެއްކުރުމުގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށް އެ ޕާޓީން މިއަދު ހާމަކޮށްފިއެވެ. މި މައްސަލަތަކުގައި އެކި ފަރާތްތަކަށް މެސެޖު ފޮނުވައިގެން ޕާޓީގެ ބޭނުމަށް ކަމަށް ބުނެ މައުލޫމާތު ހޯދަން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ޕީއެންސީން ނެރުނު ބަޔާނުގައި ވަނީ:

• ޕާޓީގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރާނީ ހަމައެކަނި ޕާޓީގެ ރަސްމީ ޗެނަލްތައް މެދުވެރިކޮށް، ސްޓިއަރިން ކޮމިޓީތަކާއި ރަސްމީ ހައިސިއްޔަތު އޮތް ފަރާތްތަކުން ކަމަށް.
• އެސްއެމްއެސްގެ ޒަރީއާއިން މައުލޫމާތު ހޯދުމަށް ޕާޓީން މަސައްކަތް ނުކުރާނެކަމަށް.
• މިފަދަ ނުރަސްމީ މައުލޫމާތު އެއްކުރުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް.
• މިހާތަނަށް ފާހަގަކުރެވިފައިވާ މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާނެކަމަށް.

ޕީއެންސީން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ މިފަދަ ނުރަސްމީ މެސެޖުތަކަށް އިޖާބަ ނުދިނުމަށާއި، އެފަދަ މެސެޖެއް ލިބިއްޖެނަމަ ޕާޓީގެ ރަސްމީ އިދާރާއަށް އެކަން އެންގުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އައްޑުއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ފަރާތްތަކެއް ޕީއެންސީއާ ގުޅިއްޖެ

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

PNC

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރުގައި ބާއްވަނީ

Oo

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް