ކުއްލި ޚަބަރު

އަބްދުއްރަހްމާން މަރާލި މައްސަލާގައި ހައްޔަރުކުރި މީހުންނަށް ދައުވާ އުފުލައިފި

އުންމީދުކުރި ވަރަށް ވުރެ ބޮޑަށް ރައީސް މުއިއްޒު ޚިދުމަތްކޮށްދެއްވައިފި: ފަލާހު

އަންނަ އަހަރު ވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭނެ: މިނިސްޓަރު ޒަމީރު

ފްލެޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި އުޅުނު އެމްޕީއެލް ދެ މުވައްޒަފުގެ އަގުވަޒަންކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޕޯޓް ރެސިޑެންސް، ހިޔާ ފްލެޓްގައި ހިނގި އަލިފާނުގެ ހާދިސާ ނިއްވުމުގައި އިސް ދައުރެއް އަދާކުރި ދެ މުވައްޒަފުގެ ހިދުމަތް ފާހަގަކޮށް އަގުވަޒަންކޮށްފިއެވެ.

އެމްޕީއެލްއިން ހާމަކުރި ގޮތުގައި، އިއްޔެ ރޭ އެ ކުންފުނީގެ ފްލެޓް އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލްކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ސެކިއުރިޓީ ޑިޕާޓްމަންޓްގެ މުވައްޒަފުންކަމަށްވާ މުހައްމަދު އައިހަމް އާއި އަހުމަދު އާތިފެވެ.

މި ދެ މުވައްޒަފުންގެ ހިތްވަރާއި އަވަސް އަމަލުތަކުގެ ސަބަބުން، އަލިފާން އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލްކުރެވި، ޕޯޓް ރެސިޑެންސްގެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ކުރިން އަލިފާން ނިއްވާލެވުނު ކަމަށް އެމްޕީއެލްއިން ފާހަގަކުރިއެވެ.

އަލިފާނުގެ ހާދިސާގައި އައިހަމް އާއި އާތިފް ދެއްކި ހިތްވަރާއި ކުރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެމްޕީއެލްގެ މެނޭޖްމަންޓުން މިއަދު އެ ދެ މުވައްޒަފުންނާ ބައްދަލުކޮށް، އެ މުވައްޒަފުން ކުރި އަގުހުރި ހިދުމަތަށް އެމްޕީއެލްގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ޕޯޓް ރެސިޑެންސްގައި ދިރިއުޅެމުންދާ އެންމެހައި ފަރާތްތަކުގެ ނަމުގައި ޝުކުރު އަދާކުރިއެވެ.

މީގެ އިތުރުން، އަލިފާން ނިއްވުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވި ޕޯޓް ހިޔާ ކޮމިޓީގެ މެންބަރު ނަވާޒް މުހައްމަދު ސައީދާއި އެހެނިހެން އެންމެހައި މުވައްޒަފުންނަށްވެސް އެމްޕީއެލްއިން ވަނީ ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހާލަތު ބަލަން މަޖިލިހުގެ ފަރާތުން އެމްޕީއެލް ބަނދަރަށް

ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގުމަށް އެމް.ޕީ.އެލް އާއި އެމް.އެން.ޔޫއާ ދެމެދު ފަހުމުނާމާއެއް

ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއްގައި ރޯވެއްޖެ

އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގްރާމް ފަށައިފި

TTH_advertisement