ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންގާރަ ދުވަހުން ފެށިގެން މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި މިފްކޯގެ ފިހާރަތަކުން

Whatsapp image 2025 02 20 at 08.49.43

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ރޯދަ ހަދިޔާއެއްގެ ގޮތުގައި ބަހާ މަސްދަޅު ކޭސް އަންގާރަ ދުވަހުން ފެށިގެން ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށް ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މާދަމާ ރޭގެ ނިޔަލަށް 13 މަރުކަޒުން މަސްދަޅު ކޭސް ދޫކުރާނެ ކަމަށެވެ.

މިހާތަނަށް މާލެ ސަރަހައްދުގެ 48،000 ގޭބީސީއަށް ވަނީ މަސްދަޅު ކޭސް ބަހާފައެވެ. ބާކީ މަސް ދަޅު ކޭސް ހަވާލުނުކުރެވި ވަނީ މަދު ގޭބިސީތަކެއް ކަމުން އަންނަ އަންގާރަ ދުވަހުން ފެށިގެން މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި މިފްކޯގެ ފިހާރަތަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ ހަތަރު ފިހާރަ ހުޅުވާފައި ހުންނަ ގަޑި ތަކުގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދާނެއެވެ.

މިފްކޯގެ ފިހާރަތަކުން ވެސް މަސްދަޅު ކޭސް ދޫކުރާނީ އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިންނެވެ.

އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހައި ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ހުޅުމާލޭގައި ބޮޑު ކަންނެލި ޕްރޮސެސްކުރާ ކާރުޚާނާ އަޅައި މި އަހަރު ޚިދުމަތް ދޭން ފަށަނީ

“ރަންވަރު ފަސްމީރު” ނަމުގައި މިފްކޯގެ އައު 5 އުފެއްދުމެއް ބާޒާރަށް

masverin

މަސްވެރިންނަށް އިއްޔެ އެކަނިވެސް 1.2 މިލިއަން ރުފިޔާ ދޫކުރި

2

މިފްކޯއިން 10 ކިލޯގެ ކުދި ކަންނެލި ގަންނަން ފަށައިފި