ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައުދީން އިތުރު 10 ޓަނު ކަދުރު ހަދިޔާކޮށްފި

Kadd

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު މިއަދު ހަދިޔާކޮށްފިއެވެ.

މި ކަދުރު ހަދިޔާކުރެއްވީ ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑެންސްއިންނެވެ.

މި ކަމަށްޓަކައި މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ކަދުރާ ހަވާލުވެލެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ރަސްމިއްޔާތުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު އައްޝައިޚް މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާ އެމްބަސީގެ އިސްވެރިން ވެސް ބައިވެރިވެލެއްވިއެވެ.

ސައުދީން އިތުރު 10 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްދެއްވީތީ، މިނިސްޓަރު ޝަހީމްވަނީ ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓްރީއަށް ޝުކުރު އަދާކުރައްވައިފައެވެ.

ސައުދީ ސަރުކާރުން ވަނީ މި އަހަރު ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. މިއަދު ހަދިޔާކުރި 10 ޓަނު ކަދުރަކީ އޭގެ އިތުރަށް ހަދިޔާކުރި ކަދުރެވެ.

ކޮންމެ ރަމަޟާންމަހަކާ ދިމާކޮށް ވެސް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot 2026 02 23

ރާއްޖެއާއި ސައުދީގެ ގުޅުން ވަރުގަދަ: ސަފީރު

ސަޢުދީއަކީ އެންމެގާތް ޤައުމު، އަބަދުވެސް ރާއްޖެއަށް ޚާއްސަ އިސްކަމެއްދޭ: ރައީސް

ރާއްޖެއަށް ހައްޖު ކޯޓާ އިތުރު ކުރެވޭތޯ އެބަ މަސައްކަތް ކުރަން: ސަފީރު

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ފަށައިފި