ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަމަޟާން މަހާ ދިމާކޮށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޮޑު އިންސްޕެކްޝަނެއް ފަށައިފި

Gkivjyrwqaagsc3

ރަމަޟާން މަހާ ދިމާކޮށް ކާބޯތަކެތީގެ ރައްކާތެރިކަން ޔަޤީންކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުން މިއަދު ޚާއްޞަ އިންސްޕެކްޝަނެއް ފަށައިފިއެވެ. މި އިންސްޕެކްޝަން ކުރިއަށްދަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެންނެވެ.

މި އިންސްޕެކްޝަންގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ ފިހާރަތަކާއި، މާރުކޭޓު އަދި ގުދަންފަދަ ތަންތަން ބަލާ ޗެކްކުރެވޭނެއެވެ. އަދި އަތޮޅުތަކުގައިވެސް މި އިންސްޕެކްޝަން ކުރިއަށްދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

މިނިސްޓުރީއިން ހާމަ ކުރިގޮތުގއި އިންސްޕެކްޝަންގައި ބަލާނީ ފިހާރަތަކުގައި ހުންނަ މުދަލުގެ މުއްދަތު ހަމަވާ ތާރީޚްތަކާއި، ތަކެތި ބަހައްޓާފައި ހުރީ އެކަށީގެންވާ ފިނިހޫނުމިންގައި ތޯއާއި މީގެ އިތުރުން ކާބޯތަކެތި ބަންދުކުރެވިފައި ހުރީ ރަނގަޅަށްތޯ ކަށަވަރު ކުރާނެއެވެ.

މިއަދުގެ އިންސްޕެކްޝަންގައި މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް އެކި ޓީމުތަކުގެ ގޮތުގައި ހަރަކާތްތެރިވާނެއެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމަށް އަސަރުކުރާފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަން ރަނގަޅުކުރުމަށް ފުރުޞަތު ދެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު ވިދާޅުވެފައިވަނީ ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެހެންކަމުން ރަމަޟާން މަހަކީ ކާބޯތަކެތީގެ ބޭނުންކުރުން އިތުރުވާ މަހަކަށްވާތީ، މި ފަދަ އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ.

މި އިންސްޕެކްޝަންތައް ކުރިއަށްދާނީ ރަމަޟާން މަސް ނިމެންދެން ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އަދި ރައްޔިތުންނަށް ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުމެއް އޮތްނަމަ، މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމަށް އިލްތިމާސްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

333434 d3125933 0

އާދަޔާ ޚިލާފަށް ހޫނުވާތީ މާބަނޑު މީހުންނާއި ތުއްތު ކުދިން ސަމާލުވާން އެދިއްޖެ

health ministry

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއް ބަންދު ކޮށްފި

health ministry

ބޭސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް މުޅިން އަލަށް 363 ބޭހެއް ރަޖިސްޓަރކޮށްފި

health ministry

މެލޭޝިއާގައި ޓީބީ ހަލުވިކަމާއެކު ފެތުރެމުންދާތީ ރާއްޖޭގައި ރިސްކް އެސެސްމަންޓެއް ހަދަން ފަށައިފި