ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަރުޢީ އަދި މިނިވަން މުއައްސަސާތަކުގެ މުސާރަތައް މިވަގުތު ކުޑަކުރުމަކީ އެކަށީގެންވާ ކަމެއް ނޫން: މަޖިލިސް

1lkqjjaq6yn7qdjwpulobbcpevfvz4wixntxkvfh

ޝަރުޢީ އަދި މިނިވަން މުއައްސަސާތަކުގެ މުސާރަތައް މިވަގުތު ކުޑަކުރުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް މަޖިލީހުން ނިންމައިފިއެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ، މިނިވަން މުއައްސަސާތަކާއި ޝަރުޢީ ދާއިރާ އަދި ރައްޔިތުންގެ މަޖިލީހުގެ މުސާރަތައް ކުޑަކުރުމާ ގުޅޭގޮތުން މަޖިލީހުގެ ލަފައަކަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި މައްސަލައިގައި، އެފަދަ މުއައްސަސާތަކުގެ މުސާރަތައް މިވަގުތު ކުޑަކުރުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ ނިންމުމާ އެއްގޮތަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުސާރަތައް ކުޑަކުރެވެން ނެތްކަމަށް ލަފާ އެރުވުމަށް ފާސްކޮށްފައިވަނީ 44 މެންބަރުންގެ ތާއީދާ އެކުގައެވެ.

މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވަނީ 12,000 ރުފިޔާއަށްވުރެ މަތިން އަސާސީ މުސާރަ ލިބިވަޑައިގަންނަވާ މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރެއްވުމަށެވެ. މީގެ އިތުރުން، ޝަރުޢީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން ވެސް 10 އިންސައްތަ އުނިކުރެއްވުމާމެދު މަޖިލީހުގެ ރައުޔު ހޯއްދެވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ، ގިނަ މުސްތަޤިއްލު އަދި މިނިވަން މުއައްސަސާތަކުގެ މުސާރަތަކަށް ބަދަލު ގެނެވޭނީ ޤާނޫނުތަކަށް އިޞްލާޙު ގެނެސްގެން ކަމަށްވާތީ އާއި، ޤާނޫ ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ނުގެނެސް މުސާރަ ބަދަލުކުރެވޭ މުއައްސަސާތަކުގެ މުސާރަ އެކަނި ބަދަލުކުރުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް ފެންނާތީ، އެފަދަ މުއައްސަސާތަކުގެ މުސާރަ މިވަގުތު ކުޑަކުރެވެން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަނީސް
މިވަގުތު ކުޑަކުރެވެން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވަން ތިޔަނިންމެވީ ކޮންގަތަކަށް ބައްލަވާފައިތޯ؟
ސ ސާޖިދާ
10 އިންސައްތަ އުނިކުރެއްވުން ރަގަޅީ ރައީސް މުއިޒް ނިންމެވިގޮތަށް ، އެގޮތަށް އިންކާރު ނުކުރުން ރައްޔިތުން އެދޭނީ!
އ އިހުސާން
ކޮށްމެގޮތަކަށް ހެއްދެވިޔަސް ކުޑަނުކުރާތި ލިބޭއެއްޗެއް ކަމަކުނުދާނެ އިގޭތޯ؟

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި