ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ޒަކާތު ހައުސްއަށް ހެޔޮ އެދޭ ފަރާތްތަކުން ދޭ ފައިސާ ލިބިގަތުމުގެ ނިޒާމު ޤާއިމު ކުރުމަށް މީރާއާއެކު މަޝްވަރާ ކުރައްވައިފި

Img Md 202502221235151740166515.1641

ޒަކާތު ހައުސްއަށް ހެޔޮއެދޭ ފަރާތްތަކުން ދޭ ފައިސާ ލިބިގަތުމުގެ ނިޒާމު ޤާއިމުކުރުމަށް މީރާއާއެކު މަޝްވަރާކުރެވިއްޖެއެވެ.

ޞަދަޤާތާއި، ޚައިރާތާއި، މިސްކިތް އިމާރާތްކުރުމާއި، ޤުރުއާން މަރުކަޒުތައް ޤާއިމުކުރުމަށް ހެޔޮއެދޭ ފަރާތްތަކުން ދޭ ފައިސާ ޒަކާތު ހައުސްއަށް ލިބިގަތުމުގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވިއްޖެއެވެ.

މި ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި މީރާގެ ޑިރެކްޓަރ ޖެނެރަލް ހަސަން ޒަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ނިޒާމު ޤާއިމުކުރުމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް މުދަލު ޒަކާތުގެ ފައިސާގެ އިތުރުން، ޞަދަޤާތާއި ޚައިރާތާއި ހިބައާއި އަދި މި ނޫންވެސް ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް އަންނަ ހަފުތާގައި ޤާއިމުކުރެވިގެންދާނެއެވެ. މި ނިޒާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރައްޔިތުން ހެޔޮކަންކަމަށް ކުރާ ހޭދަ، ރާއްޖޭގައި އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށް ހޭދަކުރުމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހެޔޮކަންކަމަށް ހޭދަކުރުމުގެ ޙާޖަތު ރާއްޖޭގައި ވަރަށް ބޮޑަށް އޮތް ހިނދު، ރާއްޖޭގެ މުޖުތަމަޢު ހެޔޮގޮތުގައި ބިނާކުރުމަށް އިސްކަންދިނުމަކީ މުހިންމު ކަމެކެވެ. މިގޮތުން، ގިނަ ރަށްރަށަށް މިސްކިތްތަކާއި ޤުރުއާން ކްލާސްތަކާއި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ޖެހިފައިވެއެވެ. އަދި ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީކުރަމުން މިދަނީ އިސްލާމީ ދުނިޔޭގެ ނަމޫނާ ޒަކާތުގެ އިދާރާއެއް ކަމުގައިވާ ކުވައިތު ޒަކާތު ހައުސް ނަމޫނައަކަށް ބަލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement