ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ޓްރީ ޓޮޕް ހޮސްޕިޓަލުގެ “އެސްތެޓިކް” ހިދުމަތްތަކުން ދިރާގު އެލީޓް ކްލަބު ކަސްޓަމަރުންނަށް 10 ޕަސަންޓް ޑިސްކައުންޓް ލިބޭނެ

B C1opbnwiaeqv9u4l3kqsarfze

ދިރާގު އެލީޓް ކްލަބު ކަސްޓަމަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ “އެސްތެޓިކް” ހިދުމަތްތަކުން 10 ޑިސްކައުންޓެއް ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

ޓްރީ ޓޮޕުން “މުޅިރާއްޖެ” އަށް ހާމަކުރި ގޮތުގައި ސްކީމްގެ ދަށުން ހަންގަނޑު ރީތިކޮށް ދެމެހެއްޓުމާއި ދަތްޕިލަ ރީތިކުރުމުގެ ފަރުވާތައް ހިމެނޭ ކަމަށާއި އެގޮތުން ހަމުގެ ހިދުމަތްތަކުގެ ތެރޭގައި އިސްތަށި ނައްތާލުމާއި، ލަކުނު ފިލުވުމާއި، ޓެޓޫ ފިލުވުން އަދި ހަމުގެ ރޫ ފިލުވުން ފަދަ ހިދުމަތްތައް ހިމެނޭ ކަމަށެވެ. އަދި ދަތްޕިލަ ރީތިކުރުމުގެ ހިދުމަތްތަކުގެ ތެރޭގައި ޑެންޓަލް ބްލީޗިން އާއި ޑެންޓަލް ޕޮލިޝިން ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަމުގެ ފަރުވާތަކަށް ބޭނުންކުރަނީ ދުނިޔޭގެ ގިނަ އެސްތެޓިކް ޑޮކްޓަރުންގެ އިތުބާރު ލިބިފައިވާ އަލްމާ ބްރޭންޑްގެ “އެކްސްއެލް ހާމޮނީ ޕްރޯ” ލޭސާ މެޝިނެވެ. އަދި އެ ފަރުވާ ފޯރުކޮށްދެނީ ހަމުގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓުންގެ ޓީމެއްގެ ލަފާގެ މަތިން ކަމަށް ޓްރީ ޓޮޕުން މައުލޫމާތުދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ދަތުގެ ފަރުވާތަކަށްވެސް ރާއްޖެއިން ބޭރުގެ ތަޖުރިބާ ލިބިފައިވާ ކުޅަދާނަ ޑެންޓަލް ޓީމެއް ހޮސްޕިޓަލުގައި ހަރަކާތްތެރިވާ ކަމަށާއި އޭގެ ތެރޭގައި “އެސްތެޓިކް ޑެންޓިސްޓްރީ” ނުވަތަ ދަތްޕިލަ ރީތިކުރުމުގެ ފަރުވާތަކަށް ހާއްސަ ޑޮކްޓަރުންވެސް ހިމެނޭ ކަމަށެވެ.

ދިރާގު އެލީޓް ކްލަބަކީ، އެ ކުންފުނީގެ މޯބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ގަވާއިދުން ބިލު ދައްކާ، “ލޯޔަލް” ކަސްޓަމަރުންނަށް ފޯރުކޮށްދޭ މެމްބާޝިޕެކެވެ. އެ ހިދުމަތްތަކުގެ ސަބަބުން ކަސްޓަމަރުންނަށް އެކި ޑިސްކައުންޓްތަކާއި، އެހެނިހެން ހިދުމަތްތައް ހޯދުމަށް ފަސޭހަވެގެންދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސަވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

MTCC Advertisement TTH Advertisement