ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަޞްރުގެ ފަހަތުގައި ވަނީ އީމާންކަމާއި ހިތްވަރާއި ކެތްތެރިކަން: ޚުތުބާ

Screenshot 2023 08 18 231453

މިއަދު ހުކުރު ދުވަހު އިއްވި ޚުތުބާގައި، ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަޞްރުގެ ފަހަތުގައި ވަނީ އީމާންކަމާއި ހިތްވަރާއި ކެތްތެރިކަން ކަމަށް ބަޔާންކޮށްފިއެވެ. މި ޚުތުބާގައި އަލިއަޅުވާލާފައިވަނީ ޣައްޒާގެ ރައްޔިތުންގެ ކާމިޔާބީގެ މައްޗަށެވެ.

ޚުތުބާގައި ވިދާޅުވި ގޮތުގައި، ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަޞްރުގެ ފަހަތުގައި ވަނީ އީމާންކަމާއި ހިތްވަރާއި ކެތްތެރިކަމާއި އުޚުއްވަތްތެރިކަމާއި، ނުގުޑާ ފަދަ ޢަޒުމެއްގައި ބަދަހިކަމާ އެކު ތިބެ، الله އަށް ވަކީލުކޮށްގެން ކުރި ވަރުގަދަ ހަނގުރާމައެކެވެ. އަދި ހަނގުރާމަތަކުގައި ނަޞްރު ލިބެނީ ލަޝްކަރުގެ ޢަދަދު ގިނަކަމާއި ހަތިޔާރުގެ މޮޅުކަމުގެ މައްޗަކަށް ނޫން ކަމަށާއި، އީމާންކަމާއި ކެތްތެރިކަމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

ޚުތުބާގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި، މުސްލިމުންނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމަތަކަކީ، އިސްލާމީ އުންމަތް ނިކަމެތިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ ކަންކަމެވެ. މިކަން މެދުވެރިވެފައިވަނީ އިސްލާމްދީނުގެ އުޞޫލުތަކުގައި ސާބިތުވާން ޖެހޭ މިންވަރަށް ސާބިތުނުވުމުގެ ސަބަބުންނާއި، ދީނުގެ ކަންކަމުގެ މައްޗަށް ދުނިޔޭގެ އެދުންތަކާއި މާއްދިއްޔަތު އިސްކުރުމުގެ ސަބަބުންނެވެ.

“މުސްލިމުންގެ ޢަދަދު ގިނަވެފައި ތަނަވަސްކަން ކިތަންމެ ބޮޑު ނަމަވެސް، އުޚްރަވީ ޙަޔާތުގެ މައްޗަށް ދުންޔަވީ ޙަޔާތުގެ އެދުން އިސްކޮށްފި ނަމަ، މުސްލިމުން ބަލިކަށިވާނެތެވެ.” މިފަދައިން ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

ނިންމާލަމުން ޚުތުބާގައި ވިދާޅުވެފައިވަނީ، މުސްލިމުންނަށް ނަޞްރު ލިބުން އޮތީ ޢަޤީދާ ވަރުގަދަކޮށް ޙައްޤު ގޮތުގައި الله އަށް އީމާންވެ، ޤުރްއާނާއި ސުންނަތުގައި ހިފައިގެން ކަމަށާއި، އެކުވެރިވެ އެއްބައިވަންތަވެގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hukuru namaadu

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲ تَعَالَىގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެއް: ޚުޠުބާ

khuthubaa hukuru

އަމިއްލަ ނަފުސަށް އެދޭ ހެޔޮ ކަން ތިމާގެ އަހުލުންނަށް އެދުމަކީ ނުހަނު ބާރުއަޅުއްވައިފައިވާ ކަމެއް: ޚުޠުބާ

hukuru khuthuba

ރަމަޟާންމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުޠުބާ

hukuru khuthuba

ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެއް: ޚުތުބާ