ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ އައު ދައުރަކާ ހަވާލުވެވަޑައިގެންފި

15819431 012025 Cc Ap Trump Whole Family Img
އެމެރިކާގެ 47 ވަނަ ރައީސްކަމުގެ މަޤާމާ ޑޮނަލްޑް ޓްރަމްޕް މިރޭ ހަވާލުވެވަޑައިގެންފިއެވެ. މިއީ އެމެރިކާގެ ރިޔާސަތާ ޓްރަމްޕް ހަވާލުވެވަޑައިގަންނަވާ ދެވަނަ ފަހަރެވެ. ކުރިން އެމެރިކާގެ ރައީސްކަމުގެ މަޤާމު ޓްރަމްޕް އަދާކުރެއްވީ 2017 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުން ފެށިގެން 2021 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓްރަމްޕް މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 2020 ވަނަ އަހަރު ރިޔާސީ ރޭހުގައި ކުރިމަތިވި ނާކާމިޔާބީއަށްފަހުއެވެ. ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި މިފަހަރު ވާދަކުރެއްވި ޓްރަމްޕް ވަނީ ޕެންސިލްވޭނިއާ، ނޯތު ކެރޮލައިނާ އަދި ޖޯޖިއާ ފަދަ މުހިންމު ސްޓޭޓްތަކުން ބޮޑު ކާމިޔާބީއެއް ހޯއްދަވާފައެވެ.

މިފަހަރުގެ ކެމްޕޭނުގައި ޓްރަމްޕަށް ނުފޫޒުގަދަ އެތައް މަހުޖަނުންނެއްގެ އެހީތެރިކަން ލިބިވަޑައިގެންފައިވެއެވެ. މީގެ ތެރޭގައި ޓެސްލާ ކުންފުނީގެ ވެރިޔާ އީލޮން މާސްކް އާއި ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ހިމެނެއެވެ. އަދި އެމެރިކާގެ މުސްލިމް ކޮމިއުނިޓީގެ އިސް ފަރާތްތަކުގެ މަދަދުވެރިކަންވެސް ޓްރަމްޕަށް ލިބިވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ.

އައު ދައުރަކާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޓްރަމްޕް ވިދާޅުވެފައިވަނީ ކުރިއަށް އޮތީ އެމެރިކާއަށް އުފާފާގަތި ދުވަސްތަކެއް ކަމަށާއި، އެމެރިކާއަކީ އެންމެ މުއްސަނދި އަދި އެންމެ ވަރުގަދަ އިޤްތިޞާދު ކަމުގައި ހައްދަވާނެ ކަމަށެވެ. އޮޓޯމޯބައިލް ސިނާޢަތަށް އިންޤިލާބީ ބަދަލެއް ގެނެސް، ރައްޔިތުން ސިއްސައިގެންދާފަދަ ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، އެޤައުމުގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ މީހުން އެމީހުންގެ ވަޠަނަށް އަނބުރާ ފޮނުވާލައި، ބޯޑަރު ހުރަސްކޮށް އެޤައުމަށް ވަންނަ ފަރާތްތައް ހުއްޓުވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން، ޓްރަމްޕް އީރާނަށް 48 ގަޑިއިރުގެ މުހުލަތު ދީފި

އީރާނުން ޑިއެގޯ ގާސިއާއަށް ހަމަލާ ދީފި ކަމަށް ރިޕޯޓްތައް ފެތުރޭން ފަށައިފި

78

މަތީފަންތީގެ ހާއްސަ މަޝްވަރާއަކަށް އެމެރިކާގެ ހާއްސަ މަންދޫބަކު ރާއްޖެ ވަޑައިގަންނަވަނީ