ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އުސްތާޒް ޝުޢައިބު ޒަކަރިއްޔާ އަވަހާރަވެއްޖެ

347784 3 53d2f8c2f48280c32295b2055a490e6098736234 Medium

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ޒަކަރިއްޔާ އަވަހާރަވެއްޖެއެވެ.

އުމުރުން 55 އަހަރުގައި ޝުޢައިބު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އޭނާގެ ކަށު ނަމާދު، އޮންނާނީ މިރޭ 23:00 ޖަހާއިރު އާސަހަރާ މިސްކިތުގައެވެ. ޝުޢައިބު ވަނީ އެގާރަ އަހަރަށް ވުރެ ގިނަ ދުވަހު ހައިކޯޓުގެ ފަނިޔާރުކަން ކުރައްވާފައެވެ.

ފަނޑިޔާރު ޝުއައިބު ޒަކަރިއްޔާ ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުކަމާއި، ޚާއްސަ ގާޟީކަމާއި، ފެމިލީ ކޯޓުގެ ޤާޟިކަމާއި މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޟީކަން ހިމެނެއެވެ. ފަނޑިޔާރު ޝުއައިބަކީ 1977 ވަނަ އަހަރު ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯވެސް ހައްދަވައިފައިވެއެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ޝުއައިބު އައްޔަންކުރައްވާފައިވަނީ މާޗު 26، 2011ގަ އެވެ. ޝުއައިބު ވަނީ ހައި ކޯޓުގައި 11 އަހަރު ޚިދުމަތް ކުރައްވައި، ނޮވެމްބަރު 22، 2022 ގައި އެ މަޤާމުން ރިޓަޔަރ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ސާޖަންޓް އާދަމް ހަލީމް މަރާލިކަން ސަމާހުގެ މައްޗަށް އަނެއްކާވެސް ސާބިތުވެއްޖެ

VVV

ހަނގުރާމައިގެ ގެއްލުމާ ކުރިމަތިވި ރިސޯޓްތަކަށް ބީއެމްއެލް މެދުވެރިކޮށް މާލީ އެހީ ދެނީ

WhatsApp Image 2026 03 29 at 18.59.14

ކުނބުރުދު އާއި މަހިބަދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް އެޗްޑީސީއާ ހަވާލުކޮށްފި

Iu

ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއާލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށައިފި