ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަނެއްކާވެސް ބޭސް ފިހާރައަކުން އަގުބޮޑުކޮށް ބޭސް ވިއްކި މައްސަލައެއް ފެންމަތިވެއްޖެ

1035x593 Iirf3fiectbcvibsp6b1dooyzmma9uqbksmvlxwg

އަނެއްކާވެސް ބޭސް ފިހާރައަކުން އަގުބޮޑުކޮށް ބޭސް ވިއްކި މައްސަލައެއް މީސްމީޑިއާގައި ފެންމަތިވެއްޖެއެވެ

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއެއްގައި ބުނެފައިވަނީ އެކަން ހިނގާފައިވަނީ އއ. ރަސްދޫ ގައި ކަމަށެވެ. އެގޮތުން އެވީޑިއޯގައި ބޭސްފިހާރައިން އަގުބޮޑުކޮށް ބޭސް ވިއްކުމުން އެކަމާ ޢާއްމުންގެ މީހަކު ހިތްހަމަނުޖެހުން ފާޅުކުރާ އަޑު އިވެއެވެ

އޭގެއިތުރުން ބޭސްފުޅީގެ އަސްލު އަގަކީ 135 ރުފިޔާ ކަމަށާއި ނަމަވެސް ބޭސް ފިހާރައިން ބޭސް ވިއްކާފައިވަނީ 270 ރުފިޔާއަށް ކަމަށް އެމީހާ ބުނެފައިވެއެވެ

ފާމަސީއަކުން ބޮޑު އަގުގައި ބޭސްވިއްކާފައިވާ ވީޑިއޯއެއް ޢާއްމު ވެފައިވާއިރު މިދިޔަ އަހަރު އެންސްޕާއިން ވަނީ ސަރުކާރުގެ ބޭސް ލިސްޓަށް ބޭސް ވިއްކަން ބައެއް ފާމަސީތަކުން ދެކޮޅުހަދާ ކަމަށް ބުނެފައެވެ.

ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލްކޮށް އާސަންދަ ރިފޯމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ދޫކުރާ 250 ބޭހުގެ އަގަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ މިދިޔަ އަހަރުއެވެ.

އޭގެ އިތުރުން އާސަންދަ ސްކީމުން ބޭސް ނަގާއިރު އަމިއްލަ އަތުން ފައިސާ ދައްކަން ޖެހިއްޖެނަމަ ނުވަތަ ބޭހެއް ނުލިބިއްޖެ ނަމަ އެކަން އާސަންދައަށް އަވަހަށް ރިޕޯޓު ކުރުމަށްވެސް ސަރުކާރުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މޫސާ
ތިގޮތަށް އަގުބޮޑުކޮށް ވިއްކާގެން މީސްމީހުން މުއަސަދިވަނީ

ގުޅުންހުރި

finance

އާސަންދަ އާއި ސަބްސިޑީގެ ހަރަދުތަކުން 249 މިލިއަން ރުފިޔާ ސަލާމަތްކޮށްފި

ލަންކާގެ 9 ހޮސްޕިޓަލަކުން މިހާރު އާސަންދައިގެ ޚިދުމަތް ލިބޭނެ

Amaan

މަނިޕާލް ހޮސްޕިޓަލުން އަލުން އާސަންދައިގެ ޚިދުމަތް ފަށައިފި

މިހާރު 18 ތަނަކުން އާސަންދައިން ނަންބަރު އައިނު ހެއްދޭނެ