ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަންނަ ރަމަޟާން މަހުން ފެށިގެން ޑަބްލިއުޑީސީ މެމްބަރުންނަށް ރޯދަ އިނާޔަތް ދޭން ފަށަނީ

Dsc 6174

މިއަންނަ ރަމަޟާންމަހުން ފެށިގެން ޑަބްލިއުޑީސީ މެމްބަރުންނަށް ރަމަޟާން އިނާޔަތްދޭން ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އދ ދަނގެތީގައި އެރަށު ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، އަންހެނުންތަރަށްޤީ އަށް މަސައްކަތްކުރައްވާ ކޮމިޓީތަކަކީ ވަރަށް ބޭއިންސާފު، އަދި ނިކަމެތި ގޮތަކަށް ހައްދަވާފައިވާ ކޮމޮޓީތަކެއް ކަމަށެވެ. އެހެންނަމަވެސް އެކޮމެޓީއަކީ ރަށުގެ ތަރަށްޤީގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ކޮމިޓީއެއް ކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިކަންކުރެއްވުމަށް ޤާނޫނަށް އިސްލާހުތަކެއްގެންނަން ޖެހޭކަމަށެވެ. އެގޮތުން ދެ ޤާނޫނަކަށް އިސްލާހު ގެންނަން ޖެހޭކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވެވިއެވެ. އެއީ ލާމަރުކަޒީ ޤާނޫނާއި ވަޒީފާ އާއި ބެހޭ ޤާނޫނެވެ.

ފެބުރުއަރީމަހުގައި މަޖިލިސްހުޅުވާއިރު މިއިސްލާހުތަށް ހުށައަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ” ދެން މަޖިލިސް ހުޅުވޭއިރު އިރާދަކުރެއްވިއްޔާ މިއިސްލާހުތަށް ހުށައަޅައިދޭނަން، ފެބުރުއަރީމަހުގެ ކުރީކޮޅު”. މިއިސްލާހުތަކަށްފަހު ކުރިއަށް އޮތް ރަމަޟާން މަހުންފެށިގެން، ދެން ކޮންމެ ރަމަޟާންމަހަކު އިނާޔަތް ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީދެއްވާފައެވެ.

އަންހެނުންތަރަށްޤީ އަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިވެފައިވާ ގިނަ ދަތިތަށް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ރިޔާސީ ކެމްޕެއިންގަ ވަޢުދުވެފައެވެ.

ރައީސް ގެ ވާހަކަފުޅުގައި ވަނީ މިއަދުބޭއްވުނު ހދ ކުރިނބީގެ ޑަބްލިއުޑީސީ، ބައިއިލެކްޝަންގެ ތިން ގޮނޑިވެސް، ސަރުކާރު ނިސްބަތްވާ ޕީއެންސީގެ ކެނޑިޑޭޓުން، ކާމިޔާބުކުރެއްވުމުން މަރުޙަބާ ދަންނަވާފައެވެ. އަދި ސަރުކާރަށް ދިވެހި ރައްޔިތުން ކުރައްވާ އިތުބާރަށް ޝުކުރުއަދާކުރައްވާފައެވެ.

ރައީސް އިތުރަށްވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަނީ ފައިސާ ޗާޕުނުކޮށް، ބަގުރޫޓް ވިޔަ ނުދީ، ރައްޔިތުންނަށް ލިބޭ އެއްޗަކުން އުނިނުކޮށް، ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރެވޭނެ ގޮތްތަށް ހޯދައިދެއްވަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ސާޖަންޓް އާދަމް ހަލީމް މަރާލިކަން ސަމާހުގެ މައްޗަށް އަނެއްކާވެސް ސާބިތުވެއްޖެ

VVV

ހަނގުރާމައިގެ ގެއްލުމާ ކުރިމަތިވި ރިސޯޓްތަކަށް ބީއެމްއެލް މެދުވެރިކޮށް މާލީ އެހީ ދެނީ

WhatsApp Image 2026 03 29 at 18.59.14

ކުނބުރުދު އާއި މަހިބަދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް އެޗްޑީސީއާ ހަވާލުކޮށްފި

Iu

ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއާލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށައިފި