ކުއްލި ޚަބަރު

މާފުށީގައި އަލަށް ހިއްކި ސަރަޙައްދާއި އެ ރަށާ ގުޅާލުމަށް ހަދާ ބްރިޖުގެ އަމަލީ މަސައްކަތް ފަށައިފި

އެމްޕީއެލް އިން އިއްޔެ 4،135 ޓަނުގެ މުދާ ކްލިއާކުރި، ގިނައީ ކަރާ

ބާޒާރުގައި އޮރެންޖުގެ އަގު އުފުލުނަސް، އެސްޓީއޯއިން ރައްޔިތުންގެ އަތްފޯރާ އަގުގައި އޮރެންޖު ލިބޭ!

މާފުށީގައި އަލަށް ހިއްކި ސަރަޙައްދާއި އެ ރަށާ ގުޅާލުމަށް ހަދާ ބްރިޖުގެ އަމަލީ މަސައްކަތް ފަށައިފި

767

ކ. މާފުށީގައި އަލަށް ހިއްކި ސަރަޙައްދާއި އެ ރަށާ ގުޅާލުމަށް ހަދާ ބްރިޖުގެ ޢަމަލީ މަސައްކަތް އެމްޓީސީސީ އިން ފަށައިފިއެވެ.

މި މަޝްރޫޢަކީ މާފުށީގެ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި 2021 ވަނަ އަހަރު ހިއްކި 25 ހެކްޓަރުގެ ބިން، މައި ރަށާ ގުޅާލުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން، ހިއްކި ސަރަޙައްދު ގުޅާލުމަށް 138 މީޓަރުގެ ބްރިޖެއް ތަރައްޤީކުރާނެ ކަމަށެވެ. މި ބްރިޖަކީ ދަށުން އޮއި ދެމޭގޮތަށް ފަރުމާކޮށްފައިވާ ބްރިޖެކެވެ.

މިހާރު ސައިޓުގައި ޢަމަލީ މަސައްކަތް ފަށާފައިވާއިރު، މަސައްކަތަށް ބޭނުންވާ ޕްރީ-ކާސްޓް ކޮންކްރީޓް ބްލޮކްތަކުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ.ބްރިޖުގެ މަސައްކަތުގެ އިތުރުން، މި މަޝްރޫޢުގެ ދަށުން 80 މީޓަރުގެ ސަރަޙައްދެއްގައި ގޮޑުދޮށް ޙިމާޔަތްކުރުމަށް ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއީ ހިއްކި ސަރަޙައްދުގެ ގޮނޑުދޮށް ގިރުމުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތެކެވެ.މާފުށީގެ ހިއްކި ބިމަކީ ބޯހިޔާވަހިކަމާއި އިޤްތިޞާދީ ބޭނުންތަކަށް ޚާއްޞަކޮށްފައިވާ ސަރަޙައްދެކެވެ. އެގޮތުން، އެރަށު ކައުންސިލުން ވަނީ މި ސަރަޙައްދުން 2000 އަކަފޫޓުގެ 300 އަށްވުރެ ގިނަ ގޯތި މިހާތަނަށް ދޫކޮށްފައެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ހިންގާ މާފުށީގެ އާބާދީ މިހާރު 4000 އަށްވުރެ މައްޗަށް އަރައެވެ.މީގެ އިތުރުން، ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ވެސް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން މިދިޔަ ހަފްތާގައި ވަނީ ފަށާފައެވެ.

185 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ މާފުށީގެ މިހާރުގެ އާބާދީއާއި އަލަށް ގޯތި ދޫކޮށްފައިވާ ސަރަޙައްދަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާފުށީ ހިއްކި ސަރަޙައްދު ގުޅާލާ ބުރިޖުގެ ޢަމަލީ މަސައްކަތް ފަށައިފި

ކޮލަމާފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

RTL

ފ އަދި ދ އަތޮޅުގެ އާރުޓީއެލް ފެރީގެ އަގުތައް ޢާންމުކޮށްފި

Boduthakurufaanu magu

މާލޭ އުތުރުފަރާތު މަގުގެ ބާކީބައި ތަރައްޤީކުރަން މިމަހު ފަހުކޮޅު ފަށަނީ

TTH_advertisement