ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާފުށީ ހިއްކި ސަރަޙައްދު ގުޅާލާ ބުރިޖުގެ ޢަމަލީ މަސައްކަތް ފަށައިފި

މާލެ އަތޮޅު މާފުށީ ހިއްކި ސަރަޙައްދާއި އެ ރަށާ ގުޅާލުމަށް ހަދާ ބްރިޖުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

ކ.މާފުށި ފަޅުން 25 ހެކްޓަރުގެ ބިން ހިއްކާފަވަނީ 2021ވަނަ އަހަރުއެވެ. ބިން ހިއްކާފަވަނީ ރަށުގެ ފަޅުތެރެއިން ވަކި ބިމެއްގެ ގޮތުގައެވެ. މާފުއްޓާއި ހިއްކި ސަރަޙައްދު ގުޅާލުމަށް ހަމަޖެހިފަވަނީ ދަށުން އޮއި ދެމޭގޮތަށް ހަދާ ބްރިޖަކުންނެވެ.

އެމްޓީސީސީން ވިދާޅުވީ މި މަސައްކަތުގެ ދަށުން، ހިއްކި ސަރަޙައްދު ގުޅާލުމަށް 138 މީޓަރުގެ ބްރިޖެޓް ތަރައްޤީކުރާކަމަށެވެ. މިކަމުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ސައިޓުގައި ފަށާފައެވެ. އެގޮތުން މި މަސައްކަތަށް ބޭނުންވާ ޕްރީ-ކާސްޓް ކޮންކްރީޓް ބްލޮކްތަކުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ.

މި މަސައްކަތުގައި ހިމަނައިގެން 80 މީޓަރުގެ ސަރަޙައްދެއްގައި ގޮޑުދޮށް ޙިމާޔަތްކުރުމަށް ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖަހާނެއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ހިންގާ އެއްރަށް ކަމުގައިވާ މާފުށީގައި ދިރިއުޅޭ އާބާދީ 4000އިން މައްޗަށް އަރައެވެ.

ހިއްކި ބިމުން ބޯހިޔާވަހިކަމާއި އިޤްތިޞާދީ ބޭނުންތަކަށްވެސް ބިން ދޫކުރެއެވެ. އެގޮތުން މިހާތަނަށް ހިއްކި ބިން ސަރަޙައްދުން 2000 އަކަފޫޓުގެ 300އަށްވުރެ ގޮނަ ގޯތި އެރަށު ކައުންސިލުން ދޫކޮށްފަވެއެވެ.

މާފުށީގެ ހިއްކި ސަރަޙައްދުގެ ފެނާ ނަރުދަމާގެ މަސައްކަތްތައްވެސް ނިމުނު ހަފްތާގައި ވަނީ ފަށާފައެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެންނެވެ. މި ވިއުގައަކީ މާފުށީގެ މިހާރުގެ އާބާދީއާއި އަދި އަލަށް ގޯތި ދޫކޮށްފަވާ ސަރަޙައްދަށް ޚިދުމަތް ދިނުމަށް ޤާއިމުކުރާ ނިޒާމެކެވެ. ފެނާ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުއަށް 185 މިލިއަން ރުފިޔަ ހޭދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 08 at 17.32.16

މަޑަވެލީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން 174.58 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މަގޫދޫ އެއާޕޯޓްގެ ޓާމިނަލްގެ އެތެރޭގެ މަސައްކަތްތައް ފަށައިފި

އޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ މަސައްކަތް ފަށައިފި

minister ameen

ޖޫންގެ ކުރީން ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ: އަމީން