ކުއްލި ޚަބަރު

ޖަޕާނު ސަރުކާރުން ރާއްޖެއަށް ސީ އެމްބިއުލާންސްއެއް ހަދިޔާކޮށްފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ކަމުގެ މަގާމަށް މީހަކު ހޯދަނީ

ސާފް ޗެމްޕިއަން ފުޓްސަލް ޓީމަށް އެސްޓީއޯއިން ރަތްދޫލައިގެ މަރުހަބާއެއް

ދެކުނު އޭޝިއާގެ ސަރަހައްދީ ފުރަތަމަ ފުޓްސަލް މުބާރާތް (ސާފް ފުޓްސަލް ޗެމްޕިއަންޝިޕް) ގެ ތަށި ކާމިޔާބުކޮށް، ތާރީޚީ ކާމިޔާބީއެއް ހޯދި ދިވެހި ޤައުމީ ފުޓްސަލް ޓީމުގެ އަގުވަޒަންކުރުމުގެ ގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. އެ ކުންފުނީގެ ހެޑް އޮފީހުގައި ޓީމުގެ ޝަރަފުގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގައި ޓީމަށް މަރުހަބާ ދެންނެވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޝިމާދު އިބްރާހީމާއި އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުންނެވެ.

މި އުފާވެރި މުނާސަބަތުގައި އެސްޓީއޯއިން ވަނީ ޤައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މަސައްކަތުގެ އަގުވަޒަންކޮށް، މާލީ އިނާމު ދީފައެވެ. އެގޮތުން ޓީމުގެ ކޮންމެ މެމްބަރަކަށް 5,000 ރުފިޔާގެ މަގުން، ޖުމްލަ އެއް ލައްކަ ރުފިޔާގެ ގިފްޓް ވައުޗަރު ވަނީ ހަދިޔާކޮށްފައެވެ. މި އިނާމުތައް ޓީމާ ހަވާލުކޮށްދެއްވީ އެސްޓީއޯގެ ކޯޕަރޭޓް އެންޑް މާކެޓިންގ ޑިރެކްޓަރ އަޙްމަދު ޝިފާނެވެ. މީގެ އިތުރުން ޓީމުގެ ޝަރަފުގައި ދިން ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޑިރެކްޓަރ އޮފް ފައިނޭންސް މުޙައްމަދު ނިޒާމެވެ. މި ފިލައާ ޓީމުގެ ފަރާތުން ހަވާލުވީ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ.

މި ކާމިޔާބީ އެސްޓީއޯއަށް އިތުރަށް ޚާއްސަވާ ސަބަބަކީ ޗެމްޕިއަން ޓީމުގައި އެ ކުންފުނީގެ މުވައްޒަފުން ހިމެނުމެވެ. އެގޮތުން ޤައުމީ ޓީމުގައި ހިމެނޭ ހުޒެއިފަތު ރަޝީދު (ހުޒޭ)، އަޙްމަދު ރާހިލް ރަޝީދު (ރާކޮ) އަދި އަލީ ހައިޝަމް (ޗުމްޕު) އަކީ މިހާރުވެސް އެސްޓީއޯގެ މުވައްޒަފުންނެވެ. އަދި ޓީމުގެ ކެޕްޓަން އިންމިއަކީ ކުރިން އެތަނުގައި މަސައްކަތްކުރި މުވައްޒަފެކެވެ. އެސްޓީއޯގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ފަރާތުން ލިބުނު މި ފުރިހަމަ މަރުހަބާއާމެދު ހިތްހަމަޖެހޭކަން ފާޅުކޮށް، ކުޅުންތެރިން ވަނީ ކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ.

ހަތް ޤައުމަކުން ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދާފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިންސައްތަ މޮޅުވުމުގެ ރެކޯޑަކާއެކުގައެވެ. މިއީ ސަރަހައްދީ ފެންވަރުގައި ރާއްޖޭގެ ފުޓްސަލް ޓީމުން ހޯދި ފުރަތަމަ ރަންވަނައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

STO

އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 15.5 ބިލިއަން ރުފިޔާ

ރާއްޖެއާއި އޮމާނާ ދެމެދު މަޝްވަރާތަކެއް ބާއްވައިފި

STO

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ރޯދަ ހަދިޔާ، އަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވަން އެސްޓީއޯއިން ފަށައިފި

TTH_advertisement