ކުއްލި ޚަބަރު

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި

ތައިލޭންޑްގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ތުޅާދޫ އާއި ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Image 20

ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ދެ ރަށުގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމުގެ އުސޫލު މިދިޔަ މަހުގެ 24ވަނަ ދުވަހު ވަނީ އާއްމުކޮށްފައެވެ.

ހައުސިން މިނިސްޓްރީން ބުނީ ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން ތަރައްޤީކުރި ރޯހައުސްތަކަށް އެދި ފޯމު ހުށަހެޅޭނީ “ހިޔާވަހި” ޕޯޓަލް މެދުވެރިކޮށްކަމަށެވެ. ފޯމު ހުށައެޅުމަށް ދީފައި ވަނީ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތެކެވެ.

އެ އުސޫލުގައިވާގޮތުން މި ފްލެޓްތަކަށް، އެ ރަށްރަށުގެ ރަށްވެހިންނަށާއި އަދި ދިގު މުއްދަތަކަށް މި ރަށްތަކުގައި ދިރިއުމުންދާ މީހުންނަށްވެސް ކުރިމަތިލެވޭނެއެވެ. އެގޮތުން ރަށްވެއްސަކަށްވުން ނުވަތަ ހިޖުރަކޮށް މެދުނުކެނޑި ދިރިއުޅެމުންދާތާ 10 އަހަރުވެފައިވާ ފަރާތްތަކަށް ވާންޖެހެއެވެ. އަދި ޔުނިޓްތަކަށް އެދޭ ފަރާތުގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް އޮވެގެން ނުވާނެއެވެ.

ޕޮއިންޓް ދިނުމުގައި ބަލާނީ ޢާއިލާގެ ކުޑަބޮޑު މިނާއި ދިރިއުޅުމުގެ ޙާލަތަށެވެ. އަދި މަސް ދުވަހަށް ޖެހޭ އާމްދަނީ 60،000އަށްވުރެ އިތުރަށް ލިބޭ މީހެއްކަމުގައި ވެގެން ނުވާނެއެވެ.

އަދި ރަށަށް ހިޖުރަކޮށް ދިރިއުޅޭ މީހުން، ރަށުގައި ދިރިއުޅެމުންދާ މުއްދަތު ބަޔާކޮށް އެކަމާ ގުޅޭ ރަސްމީ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

ދަރިން ނުލިބޭ މީހުންނަށްވެސް ޕޮއިންޓް ދޭނެ މިންގަނޑެއް އެ އުސޫލުގައި ވަނީ ކަނޑައަޅާފައެވެ. މިފަދަ މީހުން ސިއްޙީ ޙާލަތު ބަޔާކޮށް، ސިއްޙީ އިދާރާއަކުން ހޯދާފައިވާ ލިޔެކިޔުން ހުށައެޅޭނެއެވެ.

ވިލުފުށި އަދި ތުޅާދޫގައިވެސް މިހާރު ކުރިއަށްދަނީ ހައުސިންގ ޔުނިޓްތަކަށް ޔުޓިލިޓީ ޚިދުމަތްތައް ގުޅުމުގެ މަސައްކަތެވެ. މި ފްލެޓްތަކަށް ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ އޭޕްރިލް މަހުގެ 11ވަނަ ދުވަހުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

މުހިންމު އިސްލާހުތަކާއެކު ތުޅާދޫ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން 11 ޖެނުއަރީގައި ހުޅުވާލަނީ

Image 20

ރައްޔިތުން އެދުނުގޮތަށް އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ފްލެޓް ލިބޭގޮތް ހަމަޖައްސައިފި

ތަރިކައިގެ ވަޒީރު ބ. ތުޅާދުއަށް

Whatsapp image 2025 12 20 at 11.59.56

ފޭސް ތިނަކުން ދޫކުރި 698 ގޯތީގެ ގުރުއަތުލައި ނިމިއްޖެ

TTH_advertisement