ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ 98 އިންސައްތަ މަސައްކަތް ނިންމާލައިފި

STO_Ads

ތ. ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ 98 އިންސައްތަ މަސައްކަތް ނިންމާލާފައިވާ ކަމަށް އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކުރާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާހުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެވެ. އަދި ވިލުފުށީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކޮށް އެމްއޭސީއެލްއިން ބުނީ މި މަޝްރޫއުގެ ތެރެއިން ޖުމުލަ 81 ހެކްޓަރުގެ ބިން ހިއްކަންޖެހޭއިރު، ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ ތެރެއިން 79 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައި ނިންމާފައިކަމަށެވެ. އެއީ މުޅި މަސައްކަތުގެ 98 އިންސައްތަ ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.

Maldivian_Ads

މި މަސައްކަތް ކުރަނީ ކެޕޭސީޓީގައި 11،300 ކިއުބިކް މީޓަރ ހުރި ފިލިއްޕޯ ބްރޫނެލްޝީ ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެން ނެވެ.

ވިލިފުށީގައި އެއާޕޯޓެއް ތަރައްގީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. މި އެއާޕޯޓަކީ 1،800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްގީކުރާ އެއާޕޯޓެކެވެ.

އެއާޕޯޓުގެ ހުރިހާ މަސައްކަތެއް 30 މަސްދުވަސް ނުވަތަ ދެ އަހަރާއި ބައިގެ ތެރޭގައި ނިންމައި ހުޅުވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ނެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

ތުޅާދު އާއި ވިލުފުށީގެ ހައުސިން ޔުނިޓްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

Vilufushi

ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުން ނިމުމަކާ ގާތަށް

ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިމުގެ 80 އިންސައްތަ ހިއްކައިފި

Image 20

ތުޅާދޫ އާއި ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި