ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރިއަށް އޮތް ރަމަޟާން މަހުވެސް ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދީ ހިފަހައްޓާނެ: ސައީދު

ކުރިއަށް އޮތް ރަމަޟާން މަހު ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދީ ހިފެހެއްޓުމަށާއި، ރާއްޖޭގެ ހުރިހާ ރަށަކަށް އަސާސީ ބާވަތްތައް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ކަށަވަރު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. މިގޮތުން ކުރިން އަސާސީ ބާވަތްތަކުގެ ގޮތުގައި ހިމެނުނު ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރަށް، މިހާރު ވަނީ ތަރުކާރީ އާއި މޭވާގެ ބައެއް ބާވަތްތައް ހިމެނޭހެން ޖުމްލަ 23 ބާވަތެއް މި ލިސްޓަށް އިތުރުކޮށްފައެވެ.

އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވި ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސިޓީތަކާއި، 3000 އަށް ވުރެ ބޮޑު އާބާދީތަކުގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯ މެދުވެރިކޮށް މި ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. މީގެ އިތުރުން، ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި ކޮންމެ ދުވަހަކު 162 ބާވަތެއްގެ މުދަލުގެ އަގު ސަރުކާރުން ދަނީ މޮނީޓަރ ކުރަމުންނެވެ.

މިނިވަން ވިޔަފާރީގެ އުސޫލުތަކަށް އިޙްތިރާމް ކުރި ނަމަވެސް، ރައްޔިތުންނަށް އަތްނުފޯރާ މިންވަރަށް ތަކެތީގެ އަގު އުފުލިގެންދާއިރު ސަރުކާރުން ބަލަން ނޯންނާނެ ކަމަށާއި، އަގުތައް ކޮންޓްރޯލް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުދި ވިޔަފާރިތަކަށް ފުރުޞަތު ދިނުމުގެ ގޮތުން، އަސާސީ ބާވަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން އިސްކަންދެނީ ހޯލްސޭލްކޮށް މުދާ ދޫކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

އާންމު ދަތުރުފަތުރަށް ވިއްކާ ތެލުގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި

STO

ތެޔޮ ލިބުމުގެ ދަތިކަމެއް މިވަގުތު ނެތް : އެސްޓީއޯ

STO

އެސްޓީއޯގެ ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލައްވާ ދެ ބޭފުޅުންގެ މައުލޫމާތު އާންމުކޮށްފި

ތެލާއި ގޭސް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި