ކުއްލި ޚަބަރު

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ކަނޑުހުޅުދޫ އާއި ދެއްވަދޫވެސް ފެށުން ރަނގަޅު

ދެއްވަދޫ ސްކޮޑުގެ ބައެއް ކުޅުންތެރިން ގައުމީ ޓީމުގައި ހިމެނިފައިވާ އިރު، ރޭ އެޓީމުން ނުކުތީ ކެޕްޓަން އަހްނަފް ރަޝީދުވެސް ނުލައެވެ.

ބަދަލުތަކާއެކު ނުކުމެ ދެއްވަދޫން މޮޅު ހޯދި އިރު، އެޓީމުގެ ގޯލްތައް ޖަހައިދިނީ ވިޝާހް އަބްދުލް މަޖީދާއި ނަސޫހު ސައީދެވެ.

އެ އަތޮޅު ގްރޫޕް އޭގައި ކަނޑުހުޅުދޫން ރޭ ވަނީ ކޮލަމާފުށި ލަދުގަންނަވާލައިފައެވެ. އެއީ 7-0 އިން މޮޅުވެގެންނެވެ. މެޗުގައި ކަނޑުހުޅުދޫގެ އަހްނަފް ޒާހިރު ހަތަރު ގޯލް ޖެހި އިރު، އަނެއް ގޯލްތައް ޖެހީ އަހުމަދު ޖަވާދާއި ފަޒްލީން މުހައްމަދު އަދި އިސްމާއީލް އަންވާރެވެ.

އެ ގްރޫޕުގައި ދެން ކުޅުނު މެޗުގައި ދާންދުއާއި ގެމަނަފުށި އެއްވަރުވީ 2-2 އިންނެވެ. ދާންދޫގެ ގޯލްތައް މެޗުގައި ޖަހައިދިނީ އަހުމަދު ޒިޔާދާއި އަރުޝަމް ސައީދެވެ. ގެމަނަފުއްޓަށް މެޗުގައި ގޯލް ޖަހައިދިނީ ހުސައިން ތައިމްއާއި އަލީ ޝާޒް ހަބީބެވެ.

ރޭ އއ. އަތޮޅުގެ ކުޅުންވެސް ފަށާފައިވާ އިރު، އެ އަތޮޅުން ވާދަކުރަނީ ފަސް ޓީމެވެ. މަތިވެރިއާއި ހިމަންދޫ ރޭ ކުރިމަތިލި މެޗުން މަތިވެރިން 2-0 އިން މޮޅުވި އިރު، ގޯލްތައް ޖަހައިދިނީ މުހައްމަދު ޝަފުރާޒާއި ހައިޝަމް އަލީއެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދާއި މިރޭވެސް ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަނޑުހުޅުދޫ އަތޮޅު ސެމީއަށް

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

އަށް ރަށެއްގައި ކުޅިވަރު ދާއިރާގެ އެކި މަޝްރޫޢުތައް ފެށުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދި ޝިޒާން ކަނޑުހުޅުދޫ ސްކޫލުން ވެސް ލިބުނީ އެއްވަނަ

TTH_advertisement