ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފޭސް ތިނަކުން ދޫކުރި ގޯތި ލިބުނު މީހުންގެ މެދުގައި ހޮނިހިރު ދުވަހު ގުރުއަތު ނަގަނީ

Ii

ހުޅުމާލެ ފޭސް ތިނަކުން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ގުރުލުން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ގައި ކަމަށެވެ. ގުރުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލު ހޯލުގައެވެ.

ގުރު ނަގާނީ، ފޭސް ތިނަކުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށް ހާޒިރުވާ މީހުންގެ ކުރިމަތީ، މިނިސްޓްރީގެ މުވައްޒަފުންނެވެ.

އެ ވަގުތު ހޯލަށް ވަދެވޭނީ އެ ގޯއްޗެއް ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެކަކަށެވެ. ގުރުނެގުމަށް ދާއިރު އައިޑީކާޑް ގެންދަންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފޭސް ތިނަކުން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވެހި ޕޯޓަލުން މިހާރު ފެންނަން ވެސް ހުންނާނެއެވެ.

ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ. މިހާތަނަށް ވަނީ 31 ހެކްޓަރަށްވުރެ ބޮޑު ބައެއް ހިއްކިފައެވެ.

ފެބްރުއަރީ މަސް ނިމެންވާއިރަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

WhatsApp Image 2026 03 10 at 21.40.54 (1)

ރަޝީދު މިސްކިތުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ

98

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މާރާމާރީ ހިންގި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

hulhumale

ހުޅުމާލޭ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި