ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުކުޅަހުގައި ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ

55
އއ. އުކުޅަހުން ގެއްލުނު ފަތުރުވެރިޔާ

އއ. އުކުޅަހަށް ދިޔަ ރަޝިޔާގެ ފަތުރުވެރިއެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެ ރަށުގެ ގެސްޓްހައުސް، ލަ ޕަލްމާ ސޫޓްސްގައި ހުރި ރަޝިޔާއަށް ނިސްބަތްވާ އެ ފިރިހެން ފަތުރުވެރިޔާ އެ ރަށުން ފުރަން އޮތީ މިއަދު ހެނދުނެވެ. ނަމަވެސް އޭނާ ފުރާފައިނުވާ ކަަށް އެ ގެސްޓްހައުސް އިން ބުންޏެވެ.

އޭނާ ދިރިއުޅުނު ކޮޓަރިތެރެ ބެލިއިރު، އޭނާގެ މޯބައިލް ފޯނާއި އެހެނިހެން ސާމާނު އޭނާ އުޅުނު ކޮޓަރި ތެރޭގައި ހުއްޓެވެ

“މިއަދު ހެނދުނު 11 ޖަހާއިރު އޭނާ ޗެކްއައުޓްވާން ޖެހޭތީ ކޮޓަރިއަށް ދިޔުމުން އެނގުނީ އެތަނުގައި އޭނާ ނެތްކަން،” އެ ގެސްޓްހައުސް އިން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.

އޭނާ އެންމެ ފަހުން ފެނުނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށް ގެސްޓްހައުސް އިން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.

އުމުރުން 48 އަހަރުގެ އެ ފަތުރުވެރިޔާ އެ ރަށަށް ދިޔައީ މީގެ ތިން ދުވަސް ކުރިންނެވެ. އޭގެކުރިން އޭނާ އުޅުނީ އެ އަތޮޅު ރަސްދޫގައެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އުކުޅަހު ކައުންސިލާއި ގެސްޓްހައުސްގެ ފަރާތުން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister Thoriq

ޗައިނާ، އިންޑިއާ އަދި ރަޝިއާ މާކެޓުން ފްލައިޓްތައް އިތުރުކުރަނީ

Tourists

މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނުން މައްޗަށް

އަންނަ އަހަރުގެ އައިޓީބީ ބާލިންގެ “ހޯސްޓް ކަންޓްރީ” އަކަށް ރާއްޖެ ހަމަޖައްސައިފި

އުލިގަމު ޔޮޓް މެރީނާ ތަރައްޤީކުރަން ހުޅުވާލައިފި