ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަމާލުވޭ! ތައިލޭންޑާއި އިންޑިއާގައި އުފައްދާ ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް

Ii

ތައިލެންޑާއި އިންޑިއާގައި އުފައްދާ ތިން ބޭހަކާ މެދު ސަމާލުވުމަށް މޯލްޑިވްްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު އިޢުލާނެއްގައި ބުނީ ތައިލެންޑުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީން ކުރި ތަހުލީލުތަކުން ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ “އެންޑީއެމްއޭ” ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.

އަދި އެކަން ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކުން އެމްއެފްޑީއޭ އަށް އަންގާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެފްޑީއޭ އިން ބުނީ އެ ތިން ބޭހުގެ ތެރޭގައި މެޓްފޯމިން (ބްރޭންޑް: Deson PR 750) އާއި، ރެނިޓިޑިންގ އާއި، ވިޓަމިން އޭ ބޭސްގުޅަތަކެއް ހިމެނޭ ކަމަށެވެ.

މި ބޭސްތައް މިހާތަނަށް ރާއްޖެއަށް އެތެރެކޮށްފައި ނުވިނަމަވެސް ތައިލެންޑަކީ ދިވެހިން ގިނަ އަދަދަކަށް ބޭސްފަރުވާ އަށް ދާ އަދި ބޭސް ގެންނަ ގައުމަކަށް ވުމުން އެ ބްރޭންޑުގެ ބޭސްތަކާއި ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއް ބަންދު ކޮށްފި

health ministry

ބޭސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް މުޅިން އަލަށް 363 ބޭހެއް ރަޖިސްޓަރކޮށްފި

health ministry

ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދު ނުކުރަން އަންގައިފި

health ministry

ހޭންޑީ ވޯޓަރ ބިއްލޫރި ފުޅިތަކުން ޖަރާސީމެއް ފެނި ބޭނުންނުކުރަން އަންގައިފި