ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާއްމުންގެ ކަންބޮޑުވުންތަކާ ގުޅިގެން ހުޅުމާލޭގެ ސްޕީޑް ބްރޭކަރުތައް ނަގައިފި

އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައިވާ ސްޕީޑް ބްރޭކަރުތައް ނަގައިފިއެވެ.

މި ސްޕީޑް ބްރޭކަރުތަކުގެ ސަބަބުން އުނދަގޫތައް ކުރިމަތިވާކަމުގެ ޝަކުވާ އާއްމުންގެ އެތައް ބަޔަކު ދިޔައީ ކުރަމުންނެވެ. މިކަމާ ގުޅިގެން މީސްމީޑިއާގެ އެކި މަންސަތަކުގައި އަދި ތަފާތު އެކި ބައްދަލުވުންތަކުގައި ވެސް ރައްޔިތުންގެ ޝަކުވާތައް ވަނީ ހުށަހަޅާފައެވެ. އެގޮތުން އުސްކޮށް، ހަނިކޮށް ހަދާފައިވާ މި ބްރޭކަރުތަކުން މަޑުން ފޭބިއަސް ގައިގެ އެކި ތަންތަނަށް ތަދުވާ ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ. އަދި ދާދި ފަހުން މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ބައްދަލުވުންތަކުގައި ވެސް މި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު، ހުޅުމާލޭގެ 1 ވަނަ އަދި 2 ވަނަ ފިޔަވަހީގައި ހަރުކުރި ސްޕީޑްބްރޭކަރުތަކަކީ ދިވެހިރާއްޖޭގައި އެކްސިޑެންޓްތަކުގެ އަދަދު އިތުރުވުމާ، ކާރުބާރުބޮޑުވުމާއި ދުއްވާ ފަރާތްތަކުގެ ސްޕީޑް ދަށްކުރުމަށްޓަކައި ހައުސިންގް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރެއްވި މަސައްކަތެކެވެ. ތިރީހަށްވުރެން ގިނަ ބްރޭކަރުތައް ހަރުކޮށްފައިވާއިރު، މި ބްރޭކަރުތައް ހަރުކުރުމުގެ ބޭނުމަކީ މަގުތަކަކީ އެންމެންނަށް ރައްކާތެރި ތަނަކަށް ހެދުންކަމުގައި މައުލޫމާތު ދީފައިވެއެވެ.

ރައްޔިތުންގެ ސަލާމަތަށްޓަކައި އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރޭގައި، ޓްރެފިކް ފްލޯއަށް ބަދަލުތައް ގެނައުން ހިމެނެއެވެ. އަދި މަގުތަކުގެ އެންމެ ބާރު ބޮޑު ހިސާބުތަކުގައި ރައުންޑަބައުޓު ހެދުމާއި ބައެއް މަގުތައް އެއް ކޮޅަށް ދުއްވޭ ގޮތަށް ބަދަލުކުރުން ވެސް ފާގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 10 at 21.40.54 (1)

ރަޝީދު މިސްކިތުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ

98

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މާރާމާރީ ހިންގި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

hulhumale

ހުޅުމާލޭ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Hulhumale Market

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ޤާއިމްކުރި މާރުކޭޓާއެކު ރައްޔިތުންނަށް ބޮޑު ލުޔެއް