ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

އެއްބަސްވުމާ ޚިލާފްވެ ޣައްޒާއިން މިހާތަނަށް 383 މީހުން ޝަހީދު، ތޫފާނުން ސަލާމަތްވާންވެސް ފުރުސަތު ނުދޭ

މިހާރު ކުރަމުންދާ ވިއްސާރައިގައި ޣައްޒާގައި ފެންބޮޑުވެފައި:

ހަމަލާތައް ހުއްޓާލުމަށް އެއްބަސްވިފަހުން އިސްތިއުމާރީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 383 އަށް އަރާފައިވާ ކަމަށް، ޣައްޒާ ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ޣައްޒާ ހެލްތު މިނިސްޓްރީން މިއަދު އާންމުކުރި އަދަދުތަކުގައި ބުނެފައިވަނީ، ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އޮކްޓޫބަރު 10 ގައި އަމަލުކުރަން ފެށި ނަމަވެސް، އެއްބަސްވުމާ ޚިލާފްވެ އިސްރާއީލުން ޣައްޒާއަށް ހަމަލާދީ މިހާތަނަށް 383 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި، ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 1،002 އަށް އަރާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ޣައްޒާ ތެރެއިން ޝަހީދުކޮށްލާފައިވާ 4 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

އަދި އިސްތިއުމާރީ ސިފައިންގެ ހަމަލާތަކުގައި ޒަޚަމްވެގެން 10 މީހަކު ހޮސްޕިޓަލްތަކަށް ގެނެސްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އަދަދު ތަކުގައި ބުނެފައިވަނީ، އޮކްޓޫބަރު މަހުގެ 10 އިން ފެށިގެން މިވީ މުއްދަތުގެ ތެރޭގައި ޣައްޒާގެ އެކި ހިސާބުތަކުން ޝަހީދުކޮށްލާފައިވާ 627 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

އިސްތިއުމާރީ ސިފައިން މިހާރުވެސް ގެންދަނީ ކޮންމެ ދުވަހަކު ޣައްޒާގެ އެކި ހިސާބުތަކަށް ބޮންއަޅައި، ވައިގެ ހަމަލާތައްދީ، ބޮޑުބަޑީގެ ހަމަލާތައްދީ އަދި ބަޑީގެ ހަމަލާތައްވެސް ދެމުންނެވެ.

އަދި އާންމުންގެ ގެދޮރާއި، އާންމުން ދިރިއުޅޭ އިމާރާތްތަކުގައި ގޮވާތަކެތި ހަރުކޮށް ގެތަކާއި އިމާރާތްތައް ގެންދަނީ ގޮއްވަމުންނެވެ.

ޣައްޒާއަށް ތޫފާން އަރައި، ގަދަވައި ޖެހި، ބޯކޮށް ވާރޭވެހި އެތައް ހިސާބެއްގައި ފެންބޮޑުވެފައި ވާއިރު، އަދި ފިނިމޫސުން ފެށިފައިވާއިރު، މިކަމުން ސަލާމަތްވުމަށް ބޭނުންވާ ޓެންޓާއި، މޮބައިލް ގެތަކާއި، ހެދުމާއި އެނޫންވެސް ސާމާނު ޣައްޒާއަށް އެތެރެކުރަން ޓެރަރިސްޓު ދައުލަތުން ގެންދަނީ ހުރަސް އަޅަމުންނެވެ.

އދގެ އޭޖެންސީތަކާއި، އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކާއި، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ކެނޑިނޭޅި ގެންދަނީ، ކާރިޘާއިން ސަލާމަތްވުމަށް ބޭނުންވާ ތަކެތި އެތެރެކުރަން ހުއްދަ ދިނުމަށް އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިއްޔެެއަކީ ޣައްޒާގައި ލޭއޮހޮރުވުންބޮޑު ދުވަހެއް، މިއަދުވެސް އެކި ހިސާބުތަކަށް ހަމަލާދީ އާންމުން ޝަހީދުކުރަނީ

އެމެރިކާއިން ޑިމާންޑްކުރަނީ ތިން ކަމަކަށް، އީރާނުން އަންގަނީ ބިރުދައްކައިގެން އެއްބަސްވުމެއް ނުހެދޭނެ ކަމަށް

އީރާނުގެ މިސައިލްތައް އަމާޒުކޮށްފައިވާ އިސްރާއީލުގެ ބައެއް ތަންތަން ހާމަކޮށްފި، އެމެރިކާގެ ކޮމާންޑަރު އިސްރާއީލަށް

ގުދުސްގައި ހުންނަ އދގެ އޭޖެންސީގެ ހެޑްކްއާޓަރު ތަޅައި ބިމާހަމަކުރަން ފަށައިފި، ދުނިޔެ ހިމޭނުން!

TTH_advertisement