ކުއްލި ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ ކެނަބިސް ފަތް އަތުލައިގެންފި

ހިޔާ ފްލެޓް އަތުލާފައިވާ ފަރާތްތަކަށް އިތުރު ލިޔުމަކާއި ނުލާ ފްލެޓު ދޭނެ: ރައީސް

މާލޭގެ ރައްޔިތުންގެ އަޑުއައްސަވައި އެއްކޮޓަރީގެ ފްލެޓް ދޫކޮށްލުމުން އެހެން ފްލެޓެއް ދޭން ރައީސް ނިންމަވައިފި

މޯލްޑިވިއަނުން އިސްނަގައިގެން، ލަންކާއަށް 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވައިދެނީ

Maldivian

މިދިޔަ ނޮވެމްބަރު މަހު އަވައްޓެރި ގައުމު ސްރީލަންކާއަށް ވައިގަދަ ތޫފާން ދީތުވާ އަރައި، އެގައުމުގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހާދިސާގައި ހާލުގައި ޖެހުނު ސްރީލަންކާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއިން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

ގައުމީ އެއާލައިން މޯލްޑިވިއަނުން މަހަލްދީބު ފައުންޑޭޝަނާއި މީޤާތު ހައްޖު އެންޑް ޢުމްރާ ގުރޫޕާ ގުޅިގެން 3.8 ޓަނުގެ ޒަރޫރީ ތަކެތި ސްރީލަންކާއަށް ގެންދިއުމަށް ހަމަޖައްސައިފައިވާކަމަށް ފޭސްބުކްގައި އެ އެއާލައިނުން ހާމަކުރިއެވެ. ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ސްރީލަންކާއަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ ރާއްޖެއިންކަމަށް މައުލޫމާތު ލިބެއެވެ. އެކިއެކި ގައުމުތަކުން ލަންކާއަށް ލިބުނު 6.5 މިލިއަން ޑޮލަރުގެ އެހީގެ ތެރެއިން 2.4 މިލިއަން ޑޮލަރު ވަނީ ރާއްޖޭން ހަދިޔާކޮށްފައެވެ.

ދިވެހި ސަރުކާރުން ސްރީލަންކާއަށް ދެލައްކަ ޑޮލަރު ހަދިޔާކުރިއެވެ. އަދި ޕީއެސްއެމާއި އެހެނިހެން މީޑިއާތަކުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ‘ސިލޯނާއެކު ދިވެހީން’ ޓެލެތޯނުން އެކަނި އަށްލައްކަ ޑޮލަރު ވަނީ ހޯދައިފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ޔުނިވާސަލް އެންޓަޕްރައިސަސް އިން އެއްލައްކަ ޑޮލަރު ހަދިޔާކުރިއެވެ. ސަން ސިޔާމް ގްރޫޕުން ދެލައްކަ ޑޮލަރު ހަދިޔާކުރުމަށް ނިންމައި، ފުރަތަމަ 75،000 ޑޮލަރު ވަނީ ސްރީލަންކާގެ ސަފީރު މުހައްމަދު ރިޒްވީ ހަސަނަށް ހަވާލުކޮށްފައެވެ. ފައިސާގެ އިތުރުން 25،000 މަސްދަޅު ކޭސް ވެސް ވަނީ އެ ގައުމަށް ފޮނުވައިދީފައެވެ.

ރާއްޖޭން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާ ރައްޔިތުން ވަނީ ހުކުރު ދުވަހުގެ ހަވީރު ބޮޑު އެއްވުމެއް ބާއްވައި، ދިވެހީންނަށް ޝުކުރުވެރިވާ ކަން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޯލްޑިވިއަނުން އެއަރ އިންޑިއާ އާއެކު އެއްބަސްވުމެއް

55

ސަނީ އުމަރު 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި

G7pyuycauaadiyg

ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށާ ތާރީޚު ކަނޑައަޅައި، ބުކިން ހެދުމަށް ހުޅުވާލައިފި

maldivian

މޯލްޑިވިއަނުން ކޮޗިންއާއި ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި

TTH_advertisement