ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުވާފަރު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

ދުވާފަރު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް އަޕްގްރޭޑް ކުރުމަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ވެސް މިއަދު ވަނީ ހަވާލުކޮށްފަ އެވެ.

މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އަދި މަސައްކަތާ ހަވާލުވި އަލްޓެކް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ، ހުސެއިން ތަސްމީން އެވެ. މި ރަސްމިއްޔާތުގައި ދުވާފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޢަލީ ބައިވެރިވެވަޑައިގެންނެވި އެވެ.

ދުވާފަރު ސިއްހީ މަރުކަޒު، ހޮސްޕިޓަލެއްގެ ފެންވަރަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން އޮަޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް އަކާއި އައިސީޔޫ، ނާރސް ސްޓޭޝަނަކާއި ޕްރޮސީޖާރ ރޫމެއްގެ އިތުރުން މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯރ ރޫމް އިމާރާތް ކުރާނެ އެވެ.

ހަ މަސް ދުވަހު ތެރޭ ނިންމަން ޖެހޭ މި މަސައްކަތުގެ އަގަކީ 25.5 މިލިއަން ރުފިޔާ އެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ، ޢަބްދުﷲ ނާޒިމް އިބްރާހިމް އާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން އަދި މިނިސްޓްރީގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސަރުކާރުން ގެންނަ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި

14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްފި

މި އަހަރު 6 ހޮސްޕިޓަލެއް ހުޅުވައި، ޞިއްޙީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެންނަނީ

ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ޚާރިޖީ ސިޔާސަތަކީ، ރާއްޖެއަށް ވުޖޫދީ ކަމެއް: ރައީސް